2 މޭ 2023 - 16:54 0
މުހައްމަދު ހަފީޒު
2 މޭ 2023 - 16:54 0
ރޯދަ މަހު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންނަށް ކުރިއަށް ގެންދިޔަ ލަކީ ޑްރޯ ޕްރޮމޯޝަން ކަމަށްވާ ދިރާގު "ބޮޑު ހަދިޔާ" ލިބުނު ނަސީބުވެރި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްފި އެވެ.
މި ލަކީޑްރޯގައި ރޯދަ މަހު ދިރާގު ނެޓްވޯކް ގަވައިދުން ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވަނީ ހިމަނައިފަ އެވެ. ދިރާގުން ބުނީ ރޯދަ މަހުގެ ކޮންމެ ހަފްތާއެއްގައި ނަސީބުވެރިއެއް ހޮވި އިރު، އިނާމު ލިބުނު ފަރާތްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދިރާގުގެ ކަސްޓަމަރުން ކަމަށެވެ. އެ ކަސްޓަމަރުންނަށް ލިބުނު ހަދިޔާތައް މިހާރު ރައްދުކޮށްފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނި ގޮތުގައި ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔައީ އެ ކުންފުނިން ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށެވެ.
ގުރުއަތުން ހޮވުނު ފަރާތްތަކަށް ދީފައި ވަނީ "މައިޑިއާ" ގެ މެގަ ހޯމް ޕެކްތަކެކެވެ. އެ ޕެކްތަކުގައި ހިމެނޭ 19 އައިޓަމްތަކުގެ ތެރޭގައި މައިކްރޯވޭވް، ފްރިޖް، އަވަން، ދޮންނަ މެޝިން އަދި ޑިޝްވޮޝާ ފަދަ އެކި އަގުހުރި އެޕްލަޔަންސް ހިމަނައިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ އެ ލަކީޑްރޯ އެހާ ކާމިޔާބު ކަމާ އެކު ކުރިޔަށް ގެންދެވުނީ "މައިޑިއާ" އާ އެކު އޮތް ޕާޓްނާޝިޕުގެ ދަށުން ލިބުނު އެއްބާރުލުމާއި ކޮލިޓީ ރަނގަޅު އެޕްލަޔަންސްތަކުގެ ސަބަބުން ކަމަށެވެ.
ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް މި ފަދަ ހަރަކާތްތަކާ އެކު އެ ފަރާތްތަކަށް ތަފާތު އަގުހުރި އިނާމުތައް ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
Comment