27 އޭޕްރީލް 2023 - 14:51 0
މުހައްމަދު ހަފީޒު
27 އޭޕްރީލް 2023 - 14:51 0
ބީއެމްއެލް އިން އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ދުވަހާ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ އިންޓަނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމު ކަމާއި އެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ބޭންކުން އިން ފުވައްމުލައް އަދި އައްޑޫގައި ހަތަރު ދުވަހުގެ ޕްރޮގްރާމެއް ފަށައިފައިވާ ކަމަށެވެ.
ބީއެމްއެލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޓީމުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވަނީ ޏ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ގައި ސައިބަ ސެކިއުރިޓީ، ސްކޭމް އަށް ހޭލުންތެރިކުރުން، އައިސީޓީ އަދި ޑޭޓާ އިންޖިނިއަރިން ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު 100 އަށް ވުރެ ގިނަ ދަރިވަރުންނަށް ފޯރުކޮށްދީފައިިވާ ކަމަށް ބީއެމްއެލް މައުލޫމާތުދެ އެވެ.
މީގެ އިތުރުން ބީއެމްއެލް ޓީމުގައި ހިމެނޭ ޑޭޓާ އިންޖިނިއަރސް، ސޮފްޓްވެއާ ޑިވެލޮޕަރސް، ޔޫއައި/ޔޫއެކްސް ޑިޒައިނާޒް އަދި ޓެކްނިކަލް ސަޕޯޓް ސްޕެޝަލިސްޓުން ވަނީ ސްކޫލް ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އަދި މެންޓަރޝިޕް ސެޝަންތަކެއްވެސް ކުރިޔަށްގެންގޮސްފަ އެވެ.
ބީއެމްއެލް އިން ބުނީ އައިޓީ ޓީމުން ފުވައްމުލަކު ބްރާންޗް، ގަން ބްރާންޗު، ހިތަދޫ ބްރާންޗް އަދި އައްޑޫގައި ހުންނަ ބީއެމްއެލް ކޯލް ސެންޓަރަށް ޒިޔާރަތްކޮށް އެ ބްރާންޗު ތަކުގަ އާއި ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާ އެކު އެންމެ ފަހުގެ ސިސްޓަމް ޕްރޮސެސްތަކާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ބަދަލު ގެނެވޭނެ ކަންކަން ފާހަގަކޮށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
Comment