Advertisement

މިއަހަރުގެ ރޯދަ މަހު ވެސް އުރީދޫން ތަފާތު ދައްކައިފި

27 އޭޕްރީލް 2023 - 14:49 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


މިއަހަރުގެ ރޯދަ މަހު ވެސް އުރީދޫން ތަފާތު ދައްކައިފި

27 އޭޕްރީލް 2023 - 14:49 0

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް އުރީދޫ އިން ކަސަޓަމަރުންގެ ލޯބި ހޯދަ އެވެ. މި އަހަރުގެ ރޯދަމަހުގައި ވެސް އުރީދޫ އިން ތަފާތު ދައްކާއި ކަސްޓަމަރުންގެ ލޯބި މި ވަނީ ހޯދައިފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަ ކޮށްގެން އުރިދޫ ދަނީ ތަފާތު ދަށްކަމުންނެވެ. މިއަހަރަކީ ވެސް ހަމަ ތަފާތު އަހަރެކެވެ. އުރީދޫ އިން މި ރޯދަ މަހުވެސް އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތައް ކުރިއަށްގެންދިޔަ އެވެ.

ކޮމިއުނިޓީ އިފްތާރު

ރޯދަ މަހަކީ އެއްބައިވަންތަކަމުގެ މައްސަރަކަށްވުމުން، އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި އުރީދޫން ރޯދަ ވީއްލުމެއް ބޭއްވި އެވެ. އެ މުޖުތަމައުއެއްގެ ހައިސިއްޔަތުން ރޯދަ ވީއްލުމަށް ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް ކޮންމެ މީހަކަށް ވެސް އުރީދޫ އިން ވަނީ މަރުހަބާ ކިޔާފަ އެވެ.

އުރީދޫގެ ކޮމިއުނިޓީ އިފްތާރަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނުއިރު ފުރަތަމަ ހަފުތާގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު، ހަފުތާއިން ހަފުތާއަށް މި އަދަދު ދިޔައީ އިތުރުވަމުން އެވެ.

އިފްތާރެއް ހަދިޔާ ކުރޭ

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި ގުޅިގެން، އެމް-ފައިސާ މެދުވެރިކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ރޯދަ ވީއްލުން ހަދިޔާކުރުމުގެ ފުރުސަތު އެންމެ 50ރ. ހަރަދު ކޮށްގެން އުރީދޫން ވަނީ ހަމަޖައްސާފަ އެވެ.

އުރީދޫން ބުނީ މައިގަނޑު މަގްސަދަކީ، ކަސްޓަމަރުންނަށް، ބިދޭސީންގެ ތެރެއިން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ހަދިޔާކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި, އެ އިނީޝިއޭޓިވް މެދުވެރިކޮށް ހަދިޔާކުރި އިފްތާރު ޕެކްތައް އެކްސްޕެޓް ކޮމިއުނިޓީއަށް ފޯރުކޮށްދީފައިވަނީ އެމްއެމްޑަބްލިއުއެމް އިން ކަމަށް އުރީދޫ އިން ބުނެ އެވެ.

އިފްތާރު ހަދިޔާ ކުރުމުގެ އިތުރުން އުރީދޫ އިން ވަނީ މޮބައިލް މަނީ ޕްލެޓްފޯމް -އެމް-ފައިސާ އިން ވެސް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ޕްލެޓްފޯމް މެދުވެރިކޮށް ފިޔަވަތި، ކުޑަކުދިންގެ ހިޔާ، މޮމްސް އެންޖީއޯ، ކެންސަރ ސޮސައިޓީ، ޕީސް ފައުންޑޭޝަން އަދި މިސްކީތު ފަންޑަށް ހަދިޔާ ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

މަމްސް ޖަމިއްޔާއާއި ގުޅިގެން، ކެއާ ބާސްކެޓްސް ހަދިޔާ ކުރުން

މަމްސް އެންޖީއޯއާ ގުޅިގެން އުރީދޫ އިން ކުރިއަށްގެންދިޔަ ކެއާ ބާސްކެޓްސް (ބޭނުންތެރި ތަކެތި އެކުލެވޭ ޕެކޭޖެއް) ހަރަކާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެހީތެރިކަން ބޭނުންވާ އެންމެހާ ފަރާތްކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭހެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެ ހަރަކާތުގައި، މަސް ދަޅު، ހަނޑޫ، ހަކުރު، ފުށް، ކައްކާ ތެޔޮ، ދަޅު ތަރުކާރީ، އަލަނާސި ދަޅު، ބޭކެޑް ބީންސް، މާރީ ބިސްކޯދު، ފާރޮށި ކުނޑި، ގެރިކިރު، ކޭކް މިކްސް، މައިލޯ، ބަންދުކުރި ވަޅޯމަސް، ޕާސްތާ، ޓޮމާޓޯ ޕޭސްޓް، ނޫޑްލްސް، ފްރުޓް ކޮކްޓެއިލް، ރޯޒް ސިރަޕް، ޗިލީ ޕައުޑާރ، ހަނާކުރި ހަވާދު، ޕެޕަރ ޕައުޑާ ހިމެނޭހެން ކެއާ ޕެކޭޖްތައް ބަހާފައިވެއެ އެވެ.

އޭގެ އިތުރުން، ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ކޮމިއުނިޓީ އިވެންޓްތަކުގެ ތެރޭގައި ނިލަންދޫ ތަރި 1444، އޭދަފުށި ފުޓްސަލް ކަޕް، ކުޑަރިކިލު ފުޓްސަލް މުބާރާތް، ނޫރު މަދަހަ މުބާރައި، އެލް 4 ކަޕް، މަޑުއްވަރީ ފުޓްސަލް ޗެލެންޖަށް އުރީދުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.