Advertisement

ކެޔޮދޫ މިސްކިތަށް ގެއްލުންދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

26 އޭޕްރީލް 2023 - 11:09 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ކެޔޮދޫ މިސްކިތަށް ގެއްލުންދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

26 އޭޕްރީލް 2023 - 11:09 0

ވ. ކެޔޮދޫ މިސްކިތަށް ތަކުރާރުކޮށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރު ކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެ ރަށު ކޯޓުން ހުކުމް ކޮށްފި އެެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި, އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކެޔޮދޫ ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޯދައި ފުލުހުންނާ ހަވާލުކުރީ ކެޔޮދޫގެ އާންމު ރައްޔިތުން ނުކުމެ އެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ "އަދަދު" އަށް އިއްޔެ ވިދާޅުވީ ހައްޔަރުކުރި މީހާ ފުރަތަމަ ގެއްލުން ދިނީ މިސްކިތުގައި ހުރި މުސްހަފުތަކަކަށް ކަމަށެވެ.

އަދި، އާދިއްތަ ދުވަހުގެ ރޭ އެ މީހާ ވަނީ މިސްކިތުގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށެވެ.

"ދީނީ ހިޔާލު ތަފާތު މީހެއް ކަން ފާހަގަވޭ، އަދި އޭނާގެ ސިކުނޑީގެ މައްސަލައެއް ހުންނަ ކަމަށްވެސް ބައެއް މީހުން ބުނާކަން ފާހަގަވޭ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްޔަރުކުރި މީހާ މިސްކިތުގެ 20 މުސްހަފެއް ވީދާލި ކަމަށާއި މި މައްސަލަ އިދާރާތަކުން ސީރިއަސްކޮށް ބަލަންޖެހޭ ކަމަށެވެ.