Advertisement

މޯލްޑިވްސް އޯޕަން 2023: ޝަރީފް އާއި ޝިހާދު ވެސް މޮޅުވެއްޖެ

23 އޭޕްރީލް 2023 - 05:06 0

މޯލްޑިވްސް އޯޕަން 2023 10-ބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ މުހައްމަދު ޝަރީފް (ވ) އަދި އަހުމަދު ޝިހާދު (ކ) - ފޮޓޯ: މުުހައްމަދު ޝާބިން/އަދަދު


މޯލްޑިވްސް އޯޕަން 2023: ޝަރީފް އާއި ޝިހާދު ވެސް މޮޅުވެއްޖެ

23 އޭޕްރީލް 2023 - 05:06 0

މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ހަވީރު ކުޅުނު މެޗުތައް ރާއްޖޭގެ މުހައްމަދު ޝަރީފް އާއި އަހުމަދު ޝިހާދު ކާމިޔާބުކޮށްފި އެވެ.

ދުނިޔޭގެ ވަރުގަދަ ޗެމްޕިއަނުންނާ އެކު އިއްޔެ މާލޭގައި ފެށީ ބައިނަލްއަގްވާމީ ބިލިއާޑް މުބާރާތުގައި ކުޅުން ކުރިއަށްގެންދިޔައީ ފުރަތަމަ އަށް ގްރޫޕްގެ ގްރޫޕް ސްޓޭޖު މެޗުތަކެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ ގްރޫޕް ސްޓޭޖުގައި ޝަރީފް ކުޅުނު ފުރަތަމަ މެޗުގައި ވިއެޓްނާމްގެ ގުޔެން ހޮން ޕޮން އަތުން 2-7 ފްރޭމުން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި އޭނާ ވަނީ އޮސްޓްރިއާގެ ކްރިސްޓިއަން ނެސިމާ ބަލިކޮށްފަ އެވެ. ފޯރިގަދަ މި މެޗު ޝަރީފް ކާމިޔާބުކުރީ 7-5 ފްރޭމުންނެވެ.

އެ މެޗުން މޮޅުވުމާ އެކު ގަދަ 32 އަށް ކޮލިފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުގައި ޝަރީ ނިކުންނަން ޖެހުނީ ޗައިނީސް ތައިޕޭގެ ޗިއާ ޗެންއާ އެވެ. 2-7 ފްރޭމުން މި މެޗުން ބަލިވެ ޝަރީފް ވަނީ މުބާރާތުން ކަޓައިފަ އެވެ.

އިއްޔެ، ރާއްޖޭގެ އަހުމަދު ޝިހާދު ވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި އެވެ. އޭނާ ބަލިވީ ފިލިޕީންސްގެ ޔޮހާން ޗުއާ އަތުން 0-7 ފްރޭމުންނެވެ. މި މެޗުން ބަލިވި ނަމަވެސް ޝިހާދު ވަނީ ގްރޫޕްގެ ދެ ވަނަ މެޗުގައި އިރާންގެ ޕޫރިޔާ ކެޝްޓްކަރަން 7-1 ފްރޭމުން ބަލިކޮށްފަ އެވެ.

މޯލްޑިވްސް އޯޕަންގައި ރާއްޖޭގެ މުހައްމަދު ޝަރީފް މިއަދު ކުޅެނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގަދަ 32 ގެ ޕްލޭ އޮފް މެޗުގައި އަނެއްކާ ވެސް ޝިހާދު ޖެހުނީ ފިލިޕީންސްގެ ޗުއާ އާ އެވެ. މި މެޗުން މި ފަހަރު ޝިހާދު ބަލިވީ 4-7 އިންނެވެ.

މުބާރާތުގެ ގްރޫޕް ބީގެ ޕްލޭ އޮފް މެޗުގައި ރާއްޖޭގެ ހުސައިން ފަޔާޒު ނިކުތީ ހޮންކޮންގެ ރޮބީ ޗަޕީޓޯއާ ދެކޮޅަށެވެ. މި މެޗުން ފަޔާޒު ބަލިވީ 4-7 އިންނެވެ.

އިއްޔެ މެންދުރު ފަހު ކުޅުނު މެޗުތަކުގައި ރާއްޖޭގެ ޝަޒީން އަބްދުއްސަމަދު އަދި މުހައްމަދު ސާހިލް ހަމީދު ކުޅުނު ދެ މެޗުން ބަލިވެ ވަނީ ކަޓާފަ އެވެ.

ޝަޒީން ފުރަތަމަ މެޗުގައި ބަލިވީ ޖަރުމަންގެ މޯރިޒް ނޯހައުސެން އަތުން 0-7 އިންނެވެ. ދެ ވަނަ މެޗުގައި ވިއެޓްނާމްގެ ގުޔެން ވެން ޑަން އަތުން ބަލިވީވެސް އެންމެ ފްރޭމެއް ވެސް ނުލިބި އެވެ.

ސާހިލް ކުޅުނު ފުރަތަމަ މެޗުގައި ވިއެޓްނާމްގެ ހޯން ކުއަން އަތުން 3-7 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި އިރާންގެ މުހައްމަދު އަލީ ޕޯޑެލް އަތުން ބަލިވީވެސް 3-7 ފްރޭމުންނެވެ.

މުބާރާތުގައި އިއްޔެ ކުޅުނީ ގްރޫޕް އޭ އިން ފެށިގެން އެޗްގެ މެޗުތަކެވެ. ކޮންމެ ގްރޫޕަކުން ދެ ކުޅުންތެރިން ދެ ވަނަ ބުރަށް ދަތުރުކުރި އެވެ. އޭގެ ތެރޭގައި ދިވެހި ކުޅުންތެރިއަކު ނުހިމެނެ އެވެ.

މިއަދު ގްރޫޕް އައި އިން ފެށިގެން ގްރޫޕް ޕީ އާ ހަމައަށް މެޗުތައް ކުޅޭނެ އެވެ. އެ މެޗުތަކުގައި ވެސް ދިވެހި އަށް ކުޅުންތެރިއަކު ވާދަކުރާނެ އެވެ.