Advertisement

ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރަނީ

21 އޭޕްރީލް 2023 - 05:52 0

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރަނީ

21 އޭޕްރީލް 2023 - 05:52 0

މި މަހު 25-30 އަށް ދުބާއީގައި ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ފަސް ކުޅުންތެރިއަކު ރާއްޖެ ތަމްސީލް ކުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

އެއީ ގައުމީ ސްކޮޑުގައި ހިމެނޭ ހަތަރު ކުޅުންތެރިންގެ އިތުރުން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިއެކެވެ.

ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރަނީ މުހައްމަދު އަޖުފާން، ނިބާލް އަހުމަދު، ފާތިމަތު ނަބާހާ އަދި އާމިނަތު ނަބީހާ އެވެ. މީގެ އިތުރުން، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ ވެސް ސްކޮޑުގައި ހިމެނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މި އަހަރުގެ ކުރީކޮޅުގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ އަންނަ އޮގަސްޓް މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި މި އަަހަރުގެ އެކި މުބާރާތްތަކުގައި ވާދަކުރާ ސްކޮޑު ނެގުމުގައި ކްލަބްތަކުން ވެސް ކުޅުންތެރިންނަށް ގައުމީ ޓީމަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް ކްލަބްތަކަށް އަންގައިފަ އެވެ.

އެ ގޮތުން، ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް ސެންކްޝަން މުބާރާތެއް ކަމަށްވާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި މި ވާދަކުރާ ކުޅުންތެރިންނަކީ މި ފަހަރުގެ އައިއޯއައިޖީ ސްކޮޑުން ޖާގަ ލިބުމުގެ ފުރުސަތު ބޮޑު ކުޅުންތެރިންނެވެ. އެއީ، މި ކުޅުންތެރިން ވަނީ މިދިޔަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖެ ތަމްސީލުކޮށްފަ އެވެ.