ވާގޮތް: އެއް އަނބިން ފިރިހެނުންނަށް ނުފުދެނީ ކީއްވެ؟

20 އޭޕްރީލް 2023 - 02:54 4

ރައްޔާން މުހައްމަދު

ރ


ވާގޮތް: އެއް އަނބިން ފިރިހެނުންނަށް ނުފުދެނީ ކީއްވެ؟

20 އޭޕްރީލް 2023 - 02:54 4

އެއް އަނބިން ފިރިހެނުންގެ ހިތް ނުފުރެނީ ކީއްވެތޯ ހިތައް އަރާ ހެއްޔެވެ؟ ނޫނީ ފިރިމީހާއަށް އަޅާލާ އަންހެނެއް ހުންނަ އިރުވެސް އެހެން އަންހެނުންނަށް ހިތް ކިޔަނީ ކީއްވެތޯ ސުވާލު އުފެދޭ ހެއްޔެވެ؟ މިއީ އެތައް އަންހެނެއްގެ ހިތުގައި ވެސް އުފެދޭ ސުވާލުތަކެކެވެ. ހުދު ފިރިހެނުންވެސް ބައެއް ފަހަރު މިފަދަ ސުވާލުތައް ނަފުސާ ކުރާ ވަގުތުތައް އާދެ އެވެ. މިއީ ޒަމާން ފެށުނީއްސުރެ ދައްކާ ދައްކާ މުސްކުޅި ވެފައިވާ ވާހަކައެކެވެ. ނަމަވެސް ފިރިހެނުން އަބަދުވެސް އެކަކަށް ވުރެ ގިނަ ބައިވެރިންނަށް ލޯބިކުރާހެން ހީވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ތަބީއަތުގައި އެފަދަ މޫތައް ލާފައިވާތީ ހިނގާ ކަމެއް ހެއްޔެވެ؟ ނޫނީ މިކަމުގައި އިތުރު ކަންތައްތަކެއް އުޅޭ ހެއްޔެވެ؟ މިފަދަ ސުވާލުތަކުގެ ޖަވާބުތައް ހޯދާލަން މި ދަތުރުގައި އަޅުގަނޑާ ގުޅިވަޑައިގަންނަވާށެވެ.

މައިގަނޑު ހަތަރު ސަބަބެއް

ހަޔާތުގައި އެންމެ އަންހެނަކު ހުރުމުން ފިރިހެނުން ހިތް ހަމަ ނުޖެހިދާނެ އެތައް ސަބަބެއް އެބަހުއްޓެވެ. މި ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތައް ބަޔޮލޮޖީ އާއި އިވޮލޫޝަންގެ މައްޗަށް ބިނާވެފައިވާއިރު އަނެއްބައި ސަބަބުތަކަކީ ސަގާފީ އަދި މުޖުތަމައުގެ ކަންތައްތަކުގެ ނުފޫޒު ފޯރާފައިވާ ސަބަބުތަކެކެވެ. ފިރިހެނުން އެކަކަށް ވުރެ ގިނަ ބައިވެރިންނަށް އެދޭ އެންމެ އާންމު މަދު ސަބަބުތަކެއް ހޯދައިލަމާ ހިނގާށެވެ.

ބަޔޮލޮޖީ އެންޑް އިވޮލޫޝަން

އިވޮލިއުޝަނަރީ ނަޒަރަކުން ބަލާއިރު ފިރިހެނުންގެ ސިކުނޑި ވަޔަ ވެފައިވަނީ އެމީހުންގެ ދަރިފަސްކޮޅު ވީހާވެސް ދުރަށް ފަތުރާށެވެ. އެއީ ފިރިހެނެއްގެ ބައިވެރިން ގިނަވިވަރަކަށް އޭނާގެ ޖީންތައް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމުގެ ފުރުސަތު ބޮޑުވާތީ އެވެ. މި ކަމުގެ ސަބަބުން ޖިސްމާނީ އަދި ޖިއޮގްރަފިކަލް ގޮތުން ތަފާތު އެތައް އަންހެނަކާއި ގުޅުން ހިންގުމުގެ ޝައުގުވެރިކަން ފިރުހެނުންގެ ކިބައިގައި ހުރެ އެވެ. އަދި މިއެދުން ފުއްދުމަށްޓަކައި ފިރިހެނުން އެކި ގޮތްގޮތަށް މަސައްކަތްކުރެ އެވެ.

ސަގާފީ އަދި މުޖުތަމައުގެ ކަންތައްތައް

ގިނަ ސަގާފަތްތަކުގައި ގިނަ އަނބިން ނުވަތަ ބައިވެރިން ތިބުމަކީ މަގާމާއި މުއްސަނދިކަމުގެ ނިޝާނެއްގެ ގޮތުގައި ދެކޭ ކަމެކެވެ. މިއީ ދުނިޔޭގެ ވަކި ހިސާބުތަކެއްގައި ފިރިހެނުން އެތަކެއް އަނބިން ގެންގުޅެނީ ކީއްވެގެންކަން ހާމަކޮށްދޭ ކަމަކެވެ. މީގެ އިތުރުން ބައެއް ސަގާފަތްތަކުގައި ގިނަ އަންހެނުންނާއި ގުޅުން ހިންގުމަކީ ފިރިހެންވަންތަކަމާއި އެހެން މީހުންގެ މައްޗަށް ފޯރުވޭ ބާރުވެރިކަން ސާބިތުކޮށްދޭ ގޮތެއްގެ ގޮތުގައި ދެކެ އެވެ. މުޖުތަމައުގެ މިފަދަ ގަބޫލުކުރުންތަކުގެ ސަބަބުން ފިރިހެނުންގެ ސުލޫކަށް ނުފޫޒު ފޯރުވައި، އެތައް ބައިވެރިންނެއް ހޯދުމަށް މަގުފަހިވެދާނެއެވެ.

މިހާރުގެ ގުޅުމާމެދު ހިތްހަމަނުޖެހުން

ބައެއް ފަހަރު، ފިރިހެނުން މިހާރުގެ ގުޅުމާ މެދު ހިތްހަމަ ނުޖެހިގެން އިތުރު ބައިވެރިން ހޯދައިފާނެ އެވެ. މިއީ ޖަޒުބާތީ ގުޅުމެއް ނެތުމުން ނުވަތަ އާންމު ފޫހިކަމެއް ވެރިވުމުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. މިހާރުގެ ބައިވެރިޔާއާއެކު މިކަންކަން ހައްލުކުރުމަށްވުރެ، ބައެއް ފިރިހެނުން އެދޭ ޖޯޝާއި ހިތްހަމަޖެހުން ހޯދަން އެހެން ދިމާލަކަށް ބަލާފާނެއެވެ.

މުޅި އުމުރު އެކަކަށް ދޭން ބިރުގަތުން

ބައެއް ފިރިހެނުންނަށް މުޅި އުމުރު އެންމެ އަންހެނަކާއި އެކީ އުޅުމުގެ ހިޔާލަކީ ބިރުވެރި ހިޔާލެކެވެ. އެމީހުންގެ މިނިވަންކަން ގެއްލިދާނެތީ ބިރުގަނެ، ނުވަތަ އެންމެ މީހަކާ ގުޅިއްޖެނަމަ އެހެން ފުރުސަތުތައް ގެއްލިދާނެތީ ކަންބޮޑުވެދާނެއެވެ. މި ބިރުވެރިކަމުގެ ސަބަބުން އެންމެ އަންހެނަކުން ފުއްދާލުމުގެ ބަދަލުގައި އެތައް ބައިވެރިންނެއް ހޯދަން މަސައްކަތްކޮށްފައިނެ އެވެ.

ހުރިހާ ފިރިހެނުން އެއްގޮތެއް ނޫން

ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. ހުރިހާ ފިރިހެނުންގެ އެދުންތަކާއި ބޭނުންތަކެއް އެއްގޮތެއް ނޫނެވެ. ބައެއް ފިރިހެނުން އެތައް ބައިވެރިއަކަށް ލޯބިކުރާއިރު، އަނެއް ބަޔަކު އެއް އަންހެނަކާ މެދު ފުރިހަމައަށް ހިތްހަމަޖެހި ގުޅިގެން އުފަލުގައި އުޅެއެވެ. މި ފިރިހެނުން ޖަޒުބާތީ ގުޅުމާއި، ހަމަޖެހުމާއި، ވަފާތެރިކަން އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އިސްކުރެ އެވެ. ހުރިހާ ފިރިހެނުނެއް އެއް ފިއްސަކުން ކުލަޖައްސައި، އެ އެންމެންވެސް އެދޭނީ އެއްކަންތައްތަކެއް ކަމަށް އަދި އުޅޭނީ އެއްގޮތަކަށް ކަމަށް ގަބޫލު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. ހުރިހާ އަންހެނުން އެއް ގޮތަކަށް ފިޔަވަޅު ނާޅާ ފަދައިން، ފިރިހެނުން ވެސް އަންނަނީ ހުރިހާ ބައްޓަމަކާއި ސައިޒަކާއި އެދޭ އެދުންތަކަކަށެވެ. އެހެންކަމުން ތިބާ ދެކެ ލޯބިވާ އަދި ތިބާ ދޭ ލޯބިން ފުދިގެން އުޅޭ ފިރިހެނެއް ލިބިފައިވާނަމަ، ލިބިފައިވާ ނިއުމަތަށް ޝުކުރުވެރިވެ އުފާވެރި ދިރިއުޅުމެއް ހިއްސާކުރާށެވެ.

ނިންމުން

ކުރުކޮށް ފޮނިކޮށް ބުނާނަމަ އެއް އަނބިން ފިރހިހެނުންނަށް ނުފުދޭ އެކި ދާއިރާގެ ސަބަބުތައް އެބަހުއްޓެވެ. ނަމަވެސް މިއީ އަންހެނުން މިކަމާ މެދު އެއްވެސް ވަރަކަށް ހާސްވާ ވަރުގެ ކަމެއް ނޫނެވެ. ތިބާގެ ފިރިމީހާގެ ލޯ (ނުވަތަ އަތް) އެހެން އަންހެނުންނާއި ދިމާލަށް ދާހެން ހީވާނަމަ، މިއީ ތިބާގެ ބޭނުންތަކާއި އެދުންތަކާ ބެހޭ ގޮތުން ތެދުވެރި ކަމާއެކު ވާހަކަ ދައްކަންވީ ވަގުތަކަށް ވެދާނެ އެވެ. ފަހަރެއްގައި އެއް އަންހެނަކީ ފުދޭވަރެއްކަން އޭނާ އަށް ގަބޫލުކޮށްދެވިދާނެ އެވެ. ނުވަތަ ނުވެވެސް ދާނެ އެވެ. ކޮންމެއަކަސް މީހުން ބުނާ ފަދައިން، އަހެއް ފެންގަނޑަކާއި ހިސާބަށް ގެންދެވިދާނެ އެވެ. ނަމަވެސް މުޅި އުމުރު ދުވަހު އެއް ފެންގަނޑަކުން ފެން ބޯން ނިންމުމަކީ އަހުގެ ކަމެކެވެ.

37.50%

15.63%

25.00%

21.88%

މި ލިޔުން ކިޔާލުމުން


ސޫހިރު

almost 2 years ago

ކޮންމެހެން އެހެނަކުން ނޫނެވެ. ޖިސްމާނީ ގޮތުން ފިރިހެން އުފެދިފައިވަނީ ގިނަ އަންހެން ވައްތަަރަށް ބޭނުންވާ ގޮތުގައެވެ. އެހެން ކަމުން އެއީ ގުދުރަތީ ކަމެކެވެ. އަދި ހަމަ އެހެންމެ އިމްތިހާނަށްޓަކައިވެސް ފިރިހެނަކަށް ތަފާތު ގިނަ އަންހެނުންގެ ކަން ކަން މެދުވެރި ވެދާނެއެވެ.

ބުކްކުކް

almost 2 years ago

ތިޔައީ ހަމަ އިންސާނުން އަމިއްލައަށް ހަދައިގެން އުޅޭ ހަގީގަތްތަކެއް. މައުލޫމާތު ހޯދި ތަނެއް ނުބުނެ ވެބްސައިޓްއެއްގާ ލިޔުމަކުން އެއީ ދުނިޔޭގެ ހަގީގަތަކަށް ނުވޭ. އެކަމަކު އޭގެ ނުރައްކާތެރިކަމަކީ އެއީ ހަގީގަތްކަމަށް ގިނަބަޔަކަށް ގިނަ ދުވަސްތަކަކަށް ބެލެވިދާނެކަން

ވަން ބައި ވަން

almost 2 years ago

އަހަަރެން ޤަބޫލުކުރާނީ އެއި ތަބީއީ ކަމަކަށް. އިންސާނުން އުފެދުމުގައި ގުދުރަތީ ކޮށްތުން އެކަން ހަމަޖެހިފައޮތް ގޮތް ކަމުގައި.

ސެން

almost 2 years ago

ތި ވާހަކަވެސް އެބަ އޮތް މި އާޓިކަލުގަ.