Advertisement

އިޒްރޭލާ ހެދި އިންޑޮނޭޝިއާ އަތުން އަތުލި 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ފުރުސަތު އާޖެންޓީނާ އަށް

18 އޭޕްރީލް 2023 - 05:58 0


އިޒްރޭލާ ހެދި އިންޑޮނޭޝިއާ އަތުން އަތުލި 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ފުރުސަތު އާޖެންޓީނާ އަށް

18 އޭޕްރީލް 2023 - 05:58 0

ޒިއުރިކް، ސްވިޒަލެންޑް (އޭޕްރީލް 18) - އިންޑޮނޭޝިއާގެ ބާލީގައި ބާއްވަން ތާވަލުކޮށްފައި އޮތް ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިޒްރޭލަށް ފުރުސަތު ނުދޭން އިންޑޮނޭޝިއާ އިން ބާރު އެޅުމުން އެ ޓީމަށް ދިން ފުރުސަތު އާޖެންޓީނާ އަށް ދިނުމަށް ފަހު، އެ މުބާރާތް އާޖެންޓީނާގައި ކުޅޭ ގޮތަށް ފީފާ އިން ހަމަޖައްސައިފި އެވެ.

ބާލީގައި މެއި 20 އިން ޖޫން 11 އަށް ބާއްވަން ނިންމާފައިވާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި، އިޒްރޭލަށް ވާދަކުރުމުގެ ފުރުސަތު ލިބިފައި އޮތް ނަމަވެސް، އެ ގައުމަށް އެ ފުރުސަތު ނުދޭން ބާލީގެ ގަވަރުނަރު ވަޔާން ކޮސްޓާ ވަނީ ނިންމައިފަ އެވެ. އެއީ، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ކަމަށް ކޮސްޓާ ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ފީފާ އިން ވަނީ އިންޑޮނޭޝިއާ އަތުން ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު އަތުލައިފަ އެވެ. އަދި އިންޑޮނޭޝިއާގެ ބަދަލުގައި ހޯސްޓްގެ ހައިސިއްޔަތުން އާޖެންޓީނާ އިން މުބާރާތުގައި ކުޅޭނެކަން ވެސް ފީފާ އިން ވަނީ އިއުލާނުކޮށްފަ އެވެ.

"ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކުރިއަށްދާނީ އާޖެންޓީނާގައި. ދުނިޔޭގެ ޗެމްޕިއަނުންގެ އަމިއްލަ ފަސްގަނޑުގައި މި އަހަރު ބާއްވާ މުބާރާތުގައި ފުޓްބޯޅައިގެ މުސްތަގުބަލުގެ ތަރިން ފެނިގެންދާނެ،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.

އާޖެންޓީނާގެ އިގްތިސާދީ ހާލަތު އެންމެ އެކަށީގެންވާ ވަރަށް ރަނގަޅު ހާލަތެއްގައި ނެތް ނަމަވެސް މި މުބާރާތް ހޯސްޓް ކުރަން ތާއީދުކުރާ ކަމަށް އާޖެންޓީނާ ސަރުކާރުން ވަނީ ބުނެފަ އެވެ. އާޖެންޓީނާ އަކީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމެެވެ. އާޖެންޓީނާ އިން ވަނީ ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.