Advertisement

ހަންގޭރީ އާއި ޕޮލޭންޑުން ޔޫކްރެއިންގެ ކާބޯތަކެތި އެތެރެކުރުން މަނާކުރުމުން އީޔޫއިން ހިތްހަމަނުޖެހިއްޖެ

17 އޭޕްރީލް 2023 - 10:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ކާބޯތަކެތި އެތެރެ ކުރުމާ ދެކޮޅަށް ޕޮލޭންޑުގެ ދަނޑުވެރިން ވަނީ މުޒާހަރާކޮށްފައި. -- ފޮޓޯ: އީޕީއޭ


ހަންގޭރީ އާއި ޕޮލޭންޑުން ޔޫކްރެއިންގެ ކާބޯތަކެތި އެތެރެކުރުން މަނާކުރުމުން އީޔޫއިން ހިތްހަމަނުޖެހިއްޖެ

17 އޭޕްރީލް 2023 - 10:22 0

ޕޮލޭންޑާއި ހަންގޭރީއިން ޔޫކްރެއިންގެ ކާބޯތަކެތި އެތެރެ ކުރުން މަނާކުރުމުން ޔޫރަޕިއަން ކޮމިޝަނުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އެ ދެ ގައުމުން ބުނީ އެފަދަ ފިޔަވަޅެއް އަޅަން ޖެހުނީ އަގުހެޔޮ އިމްޕޯޓުތަކާ ހެދި ދަނޑުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ކަމަށެވެ.

ޖޫން މަސް ނިމެންދެން އިމްޕޯޓް ކުރުން މަނާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ގޮވާމާއި، ކިރުގެ އުފެއްދުންތަކާއި، ހަކުރު، މޭވާ، ތަރުކާރީ އަދި އެއްގަމު މަހެވެ.

ޔޫރަޕިއަން ކޮމިޝަނުން ބުނީ އީޔޫގެ މެމްބަރު ގައުމުތަކުން އަމިއްލައަށް ވިޔަފާރިއާ ގުޅޭ ސިޔާސަތުތައް ހަދައިގެން އުޅުމަކީ އޮންނަ އުސޫލެއް ނޫން ކަމަށެވެ.

އެފަދަ ސިޔާސަތުތައް ބަލައިނުގަންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެން ނަމަވެސް ޕޮލޭންޑާއި ހަންގޭރީއާ މެދު ފިޔަވަޅެއް އަޅާނެކަން ސާފެއް ނޫނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުން މުދާ އިމްޕޯޓު ކުރަން ދަތިތައް ކުރިމަތިވެ، ގިނަ މުދާ ފޮނުވަން ޖެހެނީ މެދުތެރޭ ޔޫރަޕަށެވެ.

ޕޮލޭންޑާރި ހަންގޭރީގެ ނިންމުމާ ގުޅިގެން ޔޫކްރެއިނުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ގައުމުން ބުނީ އެއީ ވިޔަފާރީގެ އެއްބަސްވުންތަކާ ހިލާފު ނިންމުމެއް ކަމަށެވެ.