Advertisement

ގައުމީ އެޕްރެންޓިސްޝިޕު ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 އޭޕްރީލް 2023 - 17:36 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ގައުމީ އެޕްރެންޓިސްޝިޕު ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 އޭޕްރީލް 2023 - 17:36 0

ޔޫތު މިނިސްޓަރީން ހިންގާ ގައުމީ އެޕްރެންޓިސްޝިޕް ޕުރޮގުރާމުގެ ދަށުން ތަމްރީނުވާން ބޭނުންވާ ޒުވާނުންނަށް، ބައިވެރިވުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފި އެވެ.

އެ ޕުރޮގުރާމުގެ ދަށުން ތަމްރީނުވުމުގެ ފުރުސަތު އެސްޓީއޯއިން ދޭނީ 20 ޒުވާނަކަށެވެ. ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެންމެ ފަހު ތާރީހަކީ މިމަހުގެ 30، އެވެ. މިނިސްޓަރީން އާންމުކޮށްފައިވާ ގޫގުލް ފޯމު ފުރާލުމުން ޕުރޮގުރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނެ އެވެ.

ހަ މަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕުރޮގުރާމުގެ ކޮންމެ ބައިވެރިއަކަށް ވެސް މަހު އެލަވަންސެއްގެ ގޮތުގައި 7000ރ. އެސްޓީއޯއިން ދޭނެ އެވެ. އެއީ މީގެ ކުރިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕުރޮގުރާމުތަކުގައި ދިން އެލަވަންސާ އަޅައި ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

ޕުރޮގުރާމު ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓުފިކެޓެއް ލިބޭނެ އެވެ. އަދި އޭގެ އިތުރުން އެ ފަރާތްތަކަށް ވަޒީފާ ވެސް ކަށަވަރުވާނެ އެވެ.

މިފަހަރުގެ ޕުރޮގުރާމުގައި ފުރުސަތު ހުޅުވާލާފައި ވަނީ:

  • ރެފްރިޖެރޭޝަން އެންޑު އޭސީ މެކޭނިކް - 5 ޖާގަ
  • ރީޓެއިލް ސާވިސަސް - 6 ޖާގަ
  • އިލެކްޓުރީޝަނުން - 4 ޖާގަ
  • އޮޓޯމޯޓިވް މެއިންޓެނެންސް މެކޭނިކް - 5 ޖާގަ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެހެން ހިންގާ ގައުމީ ޕްރޮގްރާމެކެވެ.

އެ ޕުރޮގުރާމުގައި ތަމްރީނުތައް ދޭނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.