16 އޭޕްރީލް 2023 - 06:46 0
16 އޭޕްރީލް 2023 - 06:46 0
ގުރައިދޫ ދާއިރާ އަކީ ޑީއާރުޕީ ޒަމާނުއްސުރެ "އެމްޑީޕީއާ ދެކޮޅު" ދާއިރާ އެކެވެ. މިދިޔަ 14 އަހަރު ވެސް ރައްޔިތުންގެ މަޖލީހުގައި އެ ދާއިރާ ތަމްސީލުކުރެއްވީ އެމްޑީޕީއާ ދެކޮޅު ފިކުރުގެ ބޭފުޅެއްގެ ގޮތުގައި މަރުހޫމް އިބްރާހީމް ރިޒާ އެވެ.
ނަމަވެސް އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒް މި ވަނީ ތާރީހީ ބޮޑު މޮޅެއް ހޯއްދަވައިފަ އެވެ. ޝާޒަކީ އެމްޑީޕީގެ ފަރާތުން ގުރައިދޫ ދާއިރާ ތަމްސީލު ކުރައްވާނެ ފުރަތަމަ މެމްބަރެވެ.
ނަތީޖާ ދައްކާ ގޮތުން ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމްގެ ހުސެއިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 122 ވޯޓެވެ.
ގުރައިދޫ ދާއިރާގެ ތާރީހު
އެންމެ ފުރަތަމަ ޑީއާރުޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ 2009 ވަނަ އަހަރު އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ 100 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. އެފަހަރު ދެޕާޓީއަށް ލިބުނު ވޯޓުގެ ތަފާތު ނިސްބަތުން ކުޑަވީ އެފަހަރުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ އަދަދު ވެސް ގިނަވީމަ އެވެ. އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓުންނާ އެކު އެ ފަހަރު އެ ދާއިރާއަށް ޖުމްލަ ފަސް ބޭފުޅުން ކުރިމަތިލެއްވި އެވެ.
އެ އަހަރުގެ އިންތިހާބަކީ ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތައާރަފްވީ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރި ފުރަތަމަ އިންތިހާބެވެ. މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން ވަކި ދާއިރާއެއްގެ ގޮތުގައި ގުރައިދޫ ދާއިރާ އުފެއްދީ ވެސް އެ އިންތިހާބަށެވެ. އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މާލެ އަތޮޅަށް ވެސް ހުންނަނީ ދެ ގޮނޑި އެވެ.
ތާރީހީ އެ އިންތިހާބުގައި އޭރުގެ ޑީއާރުޕީން ހޯދި ކާމިޔާބީ، ޑީއާރުޕީގެ ފުރަތަމަ ލީޑަޝިޕުން އުފެއްދި ޕީޕީއެމް އިން ވެސް މިދިޔަ 14 އަހަރު ދެމެހެއްޓި އެވެ. ޕީޕީއެމަށް އެ ދާއިރާ ތިން ފަހަރު ވެސް ކާމިޔާބުކޮށްދެއްވީ މަރުހޫމް ރިޒާ އެވެ.
އެ ތިން ފަހަރުގެ ތެރެއިން ދެ ފަހަރު އޭނާ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިރު ވެރިކަމުގައި އޮތީ އެމްޑީޕީ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ.
ތިން އިންތިހާބުގެ ތެރެއިން އެންމެ ތަފާތު ކުޑަ ނަތީޖާއެއް ނުކުތީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 އާއި 2019 ގައި ވެސް ރިޒާ އިންތިހާބު ކާމިޔާބުކުރެއްވީ 200 އެއްހާ ވޯޓުގެ ތަފާތުންނެވެ. އޭނާ އަށް 2014 ވަނަ އަހަރުގެ އިންތިހާބުގައި 1153 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 808 ވޯޓެވެ. އެފަހަރު ވެސް އެމްޑީޕީގެ ފަރާތުން ނުކުމެވަޑައިގެންނެވީ 2009 ވަނަ އަހަރު ވެސް ވާދަކުރެއްވި ކެންޑިޑޭޓެވެ.
މިފަހަރު އެމްޑީޕީގެ ޝާޒު ގޮނޑި ކާމިޔާބު ކުރެއްވީ 114 ވޯޓުގެ ތަފާތަކުންނެވެ. ޝާޒަށް 1340 ވޯޓު ލިބުނުއިރު އެންމެ ގާތުން ވާދަ ކުރި ކެންޑިޑޭޓަށް ލިބުނީ 1226 ވޯޓެވެ.
މި ތަފާސް ހިސާބުތަކަށް ބަލާއިރު ގުރައިދޫ ދާއިރާއިން އެމްޑީޕީއަށް މި ލިބުނީ ތާރީހީ މޮޅެކެވެ. ސަތޭކައެއްހާ ވޯޓުގެ ތަފާތަކުން ނަމަވެސް އެމްޑީޕީއަށް މި ލިބުނީ ބޮޑު މޮޅެކެވެ.
އެޑިޓަރުގެ ހޮވުން
ދާދި މިދާކަށް ދުވަހު ހުޅުމާލޭ މިސްކިތަކަށް ނަމާދަށް ދިޔައިމެވެ. އޭރު ޖަމާއަތް ނިމިއްޖެ އެވެ. މިސްކިތު ހަރިންމަ ތެރެއަށް ވަންއިރު މެދު އުމުރަށްވުރެ މަތީ މީހަކު ފައިވާން ހަރާއި ހިސާބު ތަނބެއްގައި ލެނިގިލައިގެން ހުއްޓެވެ. އަހަރެން ވަދެގެން އައިއިރު އޭނާ ބަލަން ހުރި ގޮތުންނާއި މޫނުމަތީގައި ހުރި ހިތި ހިނިތުންވުމުން ގިނަ ވާހަކަތަކެއް އޭރުވެސް ކަންފަތަށް އިވޭ ކަހަލަ އެވެ.
އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މާފުށީ ފޮށިތަކުގެ ނަތީޖާ ގުނަމުން ދިޔަ ވަގުތު ހޯލްތެރޭގައި ޕީޕީއެމްގެ އިސް ބޭފުޅުންނާއި އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment