Advertisement

ވިންޑްޝީލްޑުގައި ރެނދުލުމުން އެމެޖެންސީގައި އިންޑިއާގެ އެއާޕޯޓަކަށް ތިރިކޮށްފި

16 އޭޕްރީލް 2023 - 06:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދިއާ އެއާލައިންސްގެ ކާގޯ ބޯޓެއް.


ވިންޑްޝީލްޑުގައި ރެނދުލުމުން އެމެޖެންސީގައި އިންޑިއާގެ އެއާޕޯޓަކަށް ތިރިކޮށްފި

16 އޭޕްރީލް 2023 - 06:47 0

ސައުދިއާ އެއާލައިންސްގެ ފްލައިޓެއް ދަތުރު ކުރަމުން ދަނިކޮށް ވިންޑްޝީލްޑުގައި ރެނދުލުމުން އެމެޖެންސީގައި އިންޑިއާގެ އެއާޕޯޓަކަށް ތިރިކޮށްފި އެވެ.

އެއާޕޯޓުގެ އޮފިޝަލުންނާ ހަވާލަދީ އޭއެންއައި ނިއުސްއިން ބުނީ ކާގޯ ބޯޓު ތިރިކުރީ ވެސްޓް ބެންގޯލް ސްޓޭޓުގެ ކޮލްކަޓާ އެއާޕޯޓަށް ހޮނިހިރު ދުވަހުގެ މެންދުރު 12:20 ގައި ކަމަށެވެ.

ރައްކާތެރިކަމާ އެކު ފްލައިޓު ޖެއްސި އިރު، އެއާޕޯޓުން އޮތީ އެމެޖެންސީ ހާލަތަކަށް ތައްޔާރުވެފަ އެވެ. އެ ހާދިސާއާ ގުޅޭ ގޮތުން ސައުދިއާ އެއާލައިންސުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ދާދި ފަހުން އިންޑިއާގެ ބެންގެލޫރް އިންޓަނޭޝަނަލް އެއާޕޯޓުން އަބޫ ދާބީއަށް ފުރި އިއްތިހާދް އެއާވޭޒް ފްލައިޓެއްގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، އެނބުރި ބެންގެލޫރް އެއާޕޯޓަށް ތިރިކުރި އެވެ.