Advertisement

އުމްރާ އަށް މީހުން ގެންދިޔަ ކުންފުންޏެއްގެ ޗެކު ބައުންސްވި މައްސަލަ ދަނީ ބަލަމުން: މިނިސްޓަރީ

13 އޭޕްރީލް 2023 - 17:52 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


އުމްރާ އަށް މީހުން ގެންދިޔަ ކުންފުންޏެއްގެ ޗެކު ބައުންސްވި މައްސަލަ ދަނީ ބަލަމުން: މިނިސްޓަރީ

13 އޭޕްރީލް 2023 - 17:52 0

އުމްރާ އަށް މީހުން ގެންދިޔަ ގުރޫޕެއްގެ ފްލައިޓް ޗާޓަރު ކޮށްދީ، ޓިކެޓް ނަގައިދިން ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ދެ ޗެކް ބައުންސްވީ މައްސަލަ އިސްލާމިކް މިނިސަޓަރީން ބަލަމުންދާ ކަމަށް މިނިސްޓަރީން ބުނެވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި 138 މީހަކު މިދިޔަ މަހާއި މި މަހު ޗާޓަރު ފްލައިޓެއްގައި ޖިއްދާ އަށް ގެންދިޔަ އެވެ.

އެ މީހުންގެ ޓިކެޓްގެ އަގަށް 141،450 ޑޮލަރު އަރާފައިވާއިރު، ފްލައިޓް ޗާޓަރު ކޮށްދިން ކުންފުންޏަށް އަލް މަޝްއަރު އުމްރާ ގުރޫޕުން ދޫކުރި ދެ ޗެކް ބައުންސް ވެފައި ކަމަށް އެނގިފައިވެ އެވެ.

ފައިސާ ނުދައްކާތީ ފްލައިޓް ޗާޓަރު ކޮށްދިން ކުންފުނިން އިސްލާމިކް މިނިސްޓްރީ އަށް އެ މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.

އެކަމާގުޅޭ ގޮތުން "އަދަދު" ކުރި ސުވާލަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓަރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ މައްސަލަށް މިހާރު ބަލަމުންދާ ކަމަށެެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕުން މި ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.