Advertisement

މާލޭ ސަރަހައްދުގައި މަގުމައްޗަށް ކުނި ނެރުން އިތުރުވާތީ ކަންބޮޑުވުން

10 އޭޕްރީލް 2023 - 17:25 1

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


މާލޭ ސަރަހައްދުގައި މަގުމައްޗަށް ކުނި ނެރުން އިތުރުވާތީ ކަންބޮޑުވުން

10 އޭޕްރީލް 2023 - 17:25 1

މާލޭ ސަރަހައްދުގެ (މާލެ,ހުޅުމާލެ,ވިލިމާލެ) މަގުތަކަށާއި، ގޭދޮރުމައްޗަށާއި، ކަންކަންމައްޗަށް ކުނިނެރިފައި ބެހެއްޓުމާއި ކުނި ޖަމާކުރަމުން ދިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ބުނީ މާލެ ސަރަހައްދުގެ މަގުތަކަކީ ނުހަނު ކާރުބާރުބޮޑު އަދި އެހާމެ ހަނި މަގުތަކަކަށް ވުމުން މިގޮތަށް ކުނި ނެރެފައި ބެހެއްޓުމުން ތަފާތުއެކި އުނދަގޫތަކާއި ކުރިމަތިވާ ކަމަށެވެ.

މަގުތަކުގެ ސާފުތާހިރުކަން ގެއްލި މަގުތައް ހަރާބުވެ، ގޮނޑުވަމުން ދާ ކަމަށް ވެސް އެ އޭޖެންސީ އިން ބުންޏެވެ.

އީޕީއޭއިން ވަނީ މި ކަމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނާއި ގަވައިދުގެ ދަށުން ވެސް މަނާ ކަމަކަށްވާތީ ހުއްންކަމަށް ނުވާތީވެ އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.