Advertisement

މިޔަންމާގެ 10،000 އަށް ވުރެ ގިނަ މީހުން ތައިލޭންޑަށް ހިޖުރަކޮށްފި

8 އޭޕްރީލް 2023 - 16:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިޔަންމާގެ ރެފިއުޖީން. -- ފޮޓޯ: ބީބީސީ


މިޔަންމާގެ 10،000 އަށް ވުރެ ގިނަ މީހުން ތައިލޭންޑަށް ހިޖުރަކޮށްފި

8 އޭޕްރީލް 2023 - 16:09 0

މިޔަންމާގެ ސިފައިންނާއި އިދިކޮޅު ގްރޫޕަކާ ދެމެދު މެދުކެނޑުމެއް ނެތި ހަމަލާ ބަދަލުކުރަމުން ދާތީ މިދިޔަ ބުދަ ދުވަހުން ފެށިގެން 10،000 އަށް ވުރެ ގިނަ މީހުން ތައިލޭންޑަށް ހިޖުރަކޮށްފި އެވެ.

އެ އެންމެންނަކީ ވެސް ސިފައިންގެ ކޮންޓްރޯލް އޮންނަ ޝްވޭ ކޮއްކޮ އަވަށުގެ މީހުންނެވެ. މިއީ މީގެ ދެ އަހަރު ކުރިން ހިންގި އަސްކަރީ ބަގާވާތަށް ފަހު އެހާ ގިނަ އަދަދެއްގެ މީހުން ބޯޑަރު ހުރަސްކޮށް ހިޖުރަކުރި ފުރަތަމަ ފަހަރެވެ.

ޝްވޭ ކޮއްކޮ އަވަށުގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކާ ގުޅޭ ގޮތުން ސިފައިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އަސްކަރީ ބަގާވާތުގައި މިޔަންމާގެ ސަރުކާރު ވައްޓާލީ ފެބްރުއަރީ 2021 ގަ އެވެ. އެހެން ނަމަވެސް، ގައުމުގެ ބޮޑު ހިސާބުތަކުގެ ކޮންޓްރޯލް ސިފައިންނަށް ނުލިބެ އެވެ. އެ ތަންތަނުގައި އަސްކަރީ ބަގާވާތާ ދެކޮޅު ގްރޫޕްތަކުން ދަނީ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

ބަގާވާތާ ދެކޮޅަށް އުފެއްދި ޕީޕަލްސް ޑިފެންސް ފޯސާޒްއިން ކުރަމުންދާ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، 1.4 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ. އދ. އިން ލަފާކުރާ ގޮތުގައި އާބާދީގެ 35 ޕަސެންޓު މީހުންނަށް އެހީ ބޭނުންވެ އެވެ.