Advertisement

އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބެރްލަސްކޯނީއަށް ކެންސަރު ޖެހި ހޮސްޕިޓަލުގައި ފަރުވާ ދެނީ

7 އޭޕްރީލް 2023 - 09:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބެރްލަސްކޯނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބެރްލަސްކޯނީއަށް ކެންސަރު ޖެހި ހޮސްޕިޓަލުގައި ފަރުވާ ދެނީ

7 އޭޕްރީލް 2023 - 09:59 0

އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބެރްލަސްކޯނީއަށް ލޭގެ ކެންސަރު ޖެހި ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ބުނެފި އެވެ.

ނޭވާލުމުގެ ދަތިކަން ދިމާވެ ބުދަ ދުވަހު ހޮސްޕިޓަލުގެ އައިސީޔޫއަށް އެމަނިކުފާނު ގެންދިޔަ އެވެ. ޑޮކްޓަރުން ބުނީ ކެންސަރާ ގުޅުން ހުރި ފުއްޕާމޭގެ އިންފެކްޝަނެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހަތަރު ފަހަރު ބޮޑު ވަޒީރުކަން ކުރަައްވާފައިވާ އުމުރުން 86 އަހަރުގެ ބެރްލަސްކޯނީއަކީ އަދިވެސް ފޯޒާ އިޓާލިއާ ޕާޓީގެ ލީޑަރެވެ. އޭގެ އިތުރުން ސެނެޓުގެ މެމްބަރުކަން ވެސް ކުރައްވަ އެވެ.

އެހެން ނަމަވެސް 2020 ވަނަ އަހަރު ކޮވިޑް ޖެހުނު ފަހުން، ބެރްލަސްކޯނީއަށް ދަނީ ތަކުރާރުކޮށް ސިއްހީ މައްސަލަތައް ކުރިމަތިވަމުންނެވެ.

މީޑިއާ ވިޔަފާރީގައި އިންވެސްޓުކޮށް ބިލިއަނަރަކަށް ވެފައިވާ ބެރްލަސްކޯނީގެ ބޭބެ ޕައޯލޯ ނޫސްވެރިންނަށް ވިދާޅުވީ ހާލު ރަނގަޅުވުމުގެ އުއްމީދު ބޮޑު ކަމަށެވެ.

ބެރްލަސްކޯނީ އެންމެ ފަހުން ބޮޑު ވަޒީރުކަން ކުރެއްވީ 2011 ގަ އެވެ. ކޮރަޕްޝަނާއި އަންހެން ކުއްޖަކާ އެކު ބޭއްވި ގުޅުންތަކުގެ ތުހުމަތާ ހެދި އެމަނިކުފާނާ މެދު އިތުބާރު ގެއްލުނެވެ.