Advertisement

ޓޫރިސްޓު އެނދުގެ 27 ޕަސަންޓަކީ ރައްޔިތުންގެ ފަތުރުވެރިކަން: މައުސޫމް

6 އޭޕްރީލް 2023 - 13:21 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ހދ. މަކުނޫދޫ ކައުންސިލާ މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު މައުސޫމް ބައްދަލުކުރައްވަނީ. -ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޓޫރިސްޓު އެނދުގެ 27 ޕަސަންޓަކީ ރައްޔިތުންގެ ފަތުރުވެރިކަން: މައުސޫމް

6 އޭޕްރީލް 2023 - 13:21 0

ރާއްޖޭގައި ފަތުރުވެރިކަމުގެ އެނދުގެ 27 އިންސައްތަ މިހާރު ހިއްސާ ކުރަނީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ނުވަތަ ރައްޔިތުންގެ ފަތުރުވެރިކަން ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓަކާ ގުޅިގެން "އަަދަދު" އަށް އިތުރު މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ރައްޔިތުންގެ ފަތުރުވެރިކަން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީތައް ހިމެނޭހެން 118 ރަށަކަށް ފުޅާވެފައިވާ ކަމަށެވެ.

އަދި އޭގެ ނަފާއާއި މަންފާ ސީދާ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރުވުމަށް ވަރަށް ބުރަކޮށް މަސަކަތް ކުރަމުން ކަމަށެވެ.

އޭގެ ތެރެއިން ރަށްރަށުގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގާއިމުކުރުންފަދަ އުމްރާނީ ތަރައްގީގެ މަސައްކަތް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ އެއް ރަށުން އަނެއް ރަަށަށް ދަތުރު ކުރަމަށް މިހާރު ވަނީ ވަރަަށް ބޮޑަ ފަސޭހަވެފަ. އެއާޕޯޓުތައް އަޅަމުން އެބަދޭ. ރާއްޖެ ވަނީ ޓްރާންސްޕޯޓް ލިންކުން މިހާރު ގުޅާލަފައި،" އޭނާ ވިދާޅުވި އެވެ.

ގިނަ ރަށްތަކެއްގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް މިހާރު ވެސް ވަރަށް ގިނަ ރަށްރަށަށް ދަތުރު ކުރެވިފައިވާ ކަމަށާއި އަދި ނުދެވި ހުރި ރަށްށުގައި ވެސް މިހާރު ޒޫމް މެދުވެރިކޮށް ބައްދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދަޅުވި އެވެ.