Advertisement

އިންޓަ އަށް އެއްވަރުކޮށްދިން ލުކާކޫ އަށް ރަތެއް

5 އޭޕްރީލް 2023 - 05:29 0

ނަތީޖާ ހަމަހަމަކުރި ޕެނަލްޓީ ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.


އިންޓަ އަށް އެއްވަރުކޮށްދިން ލުކާކޫ އަށް ރަތެއް

5 އޭޕްރީލް 2023 - 05:29 0

ޓިއުރިން (އޭޕްރީލް 5) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލު ފުރަތަމަ ލެގުގައި ރޭ ފަހު ވަގުތު ޕެނަލްޓީއެއް ކާމިޔާބުކޮށް، އިންޓަ މިލާނަށް ޔުވެންޓަސްއާ 1-1 އިން އެއްވަރުކޮށްދިން ގޯލު ޖެހި އިންޓަގެ ރޮމެލޫ ލުކާކޫ އަށް ރަތް ކާޑެއް ދައްކައިފި އެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި އެ ޓީމުން ލީޑުނެގީ 83 ވަނަ މިނިޓްގައި އޭރިއާތެރެއިން ހުއާން ކުއަޑްރާޑޯ ޖެހި ގޯލުންނެވެ. ޔުވެންޓަސްގެ ގްލެއިސަން ބްރެމާ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އަކުން އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލުކާކޫ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އެކަމަކު، ޕެނަލްޓީ ގޯލަށް ވައްދާލައި އުފާފާޅުކުރުމުގެ ތެރޭގައި ލުކާކޫ ޔުވެންޓަސްގެ ސަޕޯޓަރުންނާ ދިމާކޮށްލާ މޭރުމުން ހަރަކާތްތެރިވެފައިވާތީވެ، ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ލުކާކޫ އަށް ރަތް ކާޑު ދައްކައިފަ އެވެ.

މެޗަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކެއްގެ ސަބަބުން ރެފްރީ ވަނީ އިންޓަގެ ކީޕަރު ސާމިރު ހަންޑަނޯވިޗާއި ޔުވެންޓަސްގެ ކުއަޑްރާޑޯ އަށް ރަތެއް ދައްކައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ އިން ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނީ އިތުބާރާ އެކުގައި ކަމަށް އިންޓަގެ ކޯޗު ސިމޯން އިންޒާގީ ވަނީ ބުނެފަ އެވެ.

ރޭގެ މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަން އެނގޭނީ ވީޑިއޯތައް ބެލުމަށް ފަހު ކަމަށް ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ވަނީ ބުނެފަ އެވެ.

އިޓާލިއަން ކަޕްގެ އަނެއް ސެމީގައި ކުޅެނީ ފިއޮރެންޓީނާ އާއި ކްރެމޮނީސޭ އެވެ. ދެ ވަނަ ލެގު އޮންނާނީ މި މަހު 26 އާއި 27 ވަނަ ދުވަހު އެވެ.