Advertisement

ސާފް ޗެމްޕިއަންޝިޕްގައި ކުޅެން މެލޭޝިއާ އާއި ސައުދީ އަށް ދައުވަތުދީފި

4 އޭޕްރީލް 2023 - 14:53 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އާއި މެލޭޝިއާ ބައްދަލުކުރި އެކުވެރިކަމުގެ މެޗެއްގެ ތެެރެއިން.-- ފޮޓޯ: މެލޭޝިއާ އެފްއޭ


ސާފް ޗެމްޕިއަންޝިޕްގައި ކުޅެން މެލޭޝިއާ އާއި ސައުދީ އަށް ދައުވަތުދީފި

4 އޭޕްރީލް 2023 - 14:53 0

އަންނަ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ކުޅެން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ފުރުސަތު ދިނުމުގެ ދައުވަތު، މެލޭޝިއާ އާއި ސައުދީ އަރަބިއްޔާ އަށް ފޮނުވާފައިވާ ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މީޑިއާގައި ހާމަކޮށްފި އެވެ.

މީގެ ހަަތަރު ދުވަސް ކުރިން ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީ ބައްދަލުވުމުގައި ވަނީ މި އަހަރުގެ ޖޫން 21 އިން .ޖުލައި 3 އަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި އަށް ގައުމު ބައިވެރިކުރަން މަޝްވަރާކޮށްފަ އެވެ.

އެ ގޮތުން، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މި ސަރަހައްދަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ އަށް ފީފާ ސަސްޕެންޝަންގެ ސަބަބުން ކުޅެވެން ނެތެވެ. އެހެންވެ، މި ސަރަހައްދުން ސާފްގައި ކުޅޭނީ އިންޑިއާ، ރާއްޖެ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް އެވެ.

ސާފް އިން ސަރަހައްދުން ބޭރުގެ އިތުރު ދެ ގައުމަށް ފުރުސަތު ދޭން ވިސްނިއިރު، އިންޑިއާ މީޑިއާގައި އަޑުފެތުރުނީ ރަޝިއާގެ 21 އަހަރުން ދަށުގެ ޓީމާއި ތައިލެންޑަށް ފުރުސަތު ދޭ ކަހަލަ ވިސްނުމެއް އުޅޭ ކަމަށެެވެ. އެއީ ދާދި ފަހުން، ރަޝިއާގެ އަންހެން ޓީމު ވަނީ 17 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައި ކަމަށްވާތީ އެވެ.

އެކަމަކު، ސާފްގެ ރައީސް ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން، މީޑިއާ އަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސާފް ޗެމްްޕިއަންޝިޕްގެ މި ފަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ދައުވަތު ފޮނުވާފައިވަނީ މެލޭޝިއާ އާއި ސައުދީ އަަރަބިއްޔާ އަށް ކަމަށެވެ.

އެ ގޮތުން، ސައުދީ އަރަބިއްޔާ އިން ފުރުސަތު ބޮޑީ 23 އަހަރުން ދަށުގެ ޓީމަށް ޖާގަ ދިނުމުގެ އެވެ. އެހެން ނަމަވެސް ސައުދީ އަރަބިއްޔާ އާއި މެލޭޝިއާ ތެރެއިން އެއްވެސް ގައުމެއް އަދި މި އަހަރުގެ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ފެހި ސިގްނަލް ދީފައެއް ނުވެ އެވެ.