Advertisement

ރީކޯ ވިދާޅުވަނީ ނަޝީދަށް ލިބުނު ވޯޓުތައް ރައީސް ސޯލިހަށް އޭނާ ހޯދައިދޭނެ ކަމަށް

3 އޭޕްރީލް 2023 - 16:34 3

މުހައްމަދު އުޝާމް

މ

Advertisement

ރީކޯ މޫސާ މަނިކު: ނަޝީދަށް ލިބުނު ވޯޓުތައް ރައީސަށް ހޯދައިދެއްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރީކޯ ވިދާޅުވަނީ ނަޝީދަށް ލިބުނު ވޯޓުތައް ރައީސް ސޯލިހަށް އޭނާ ހޯދައިދޭނެ ކަމަށް

3 އޭޕްރީލް 2023 - 16:34 3

Advertisement

Advertisement

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބުނު ވޯޓުތައް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހޯދައިދެއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 ޕަސެންޓު ލިބިވަޑައިގެންނެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ. ނަޝީދު ދެން މަސައްކަތް ކުރައްވަނީ "ފިކުރެއްގެ ދިރުން" ފެކްޝަނެއް އުފައްދައިގެން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ އެކު އެވެ.

Advertisement

މި ރޯދަ މަހު "އަދަދު" ނޫހުން ކުރިއަށް ގެންދާ "ކުޅިކޮށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ މީގެ ކުރިން ވެސް އެމްޑީޕީގެ އެތެރޭގައި ނަޝީދުގެ މަގުބޫލުކަން ހޯދައިދެއްވީ މޫސަ އާއި ޕާޓީގައި އޭރު ވެސް އިސްކޮށް ތިއްބެވި އެތައް ބޭފުޅުން ވެސް މަސައްކަތް ކުރައްވައިގެން ކަމަށެވެ.

Advertisement

"އަޅުގަނޑު ނުކުމެ [ރައީސް އިބްރާހީމް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު] ކޮށްދޭނަން، ރައީސް ނަޝީދު ނުކުތް އިރު މީހުންނަށް ނުވެސް އެނގޭނެ، ރައީސް ނަޝީދަށް އެކަން ކޮށްދިނީ އަޅުގަނޑުމެން ހަމަ، ނަޝީދު ނެތިގެން ގެއްލޭ ބައި [ވޯޓުތައް] އަޅުގަނޑު ހޯދައިދޭނަން،" ރީކޯ ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ގާސިމާއެކު އުފައްދާ ކޯލިޝަނަށް ވުރެ "ޖޯކު ކޯލިޝަނެއް" ނުދެކޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި އޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެއްޖެ ނަމަ އެއީ "ވަރަށް ވެސް ހެއްވާ" ކަމެއްގެ ގޮތުގައި މޫސާ މަނިކު ސިފަކުރެއްވި އެވެ.

"ގާސިމާއި ރައީސް ނަޝީދާއި ރައީސް މައުމޫނާ އެއްގަލަކަށް އަރައިފިއްޔާ އެއަށް ވުރެ ބޮޑު ޖޯކެއް ނޯންނާނެ. ކޮބައިތޯ ޖަލުގެ އަނިޔާގެ ވާހަކަ، ރައީސް މައުމޫންގެ ހުދުމުހުތާރު ތިރީސް އަހަރުގެ ވާހަކަ، އެ ކަންކަން ނިމުނީތޯ،" މޫސާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރެއްވި މަސައްކަތްތަކާ އެކު ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ކަމަށް ރީކޯ ގަބޫލުކުރައްވަ އެވެ.

Advertisement

83.33%

0.00%

0.00%

16.67%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މުޖުތާޒު

almost 2 years ago

ރީކޯ މޫސަޔަށްލިބޭނެ ވޯޓެއްމިހާރު ރާއްޖޭގަ ނުހުންނާނެ ތަންކޮޅެއްކުރީގެ ދުވަސްވަރެއްގަ އޭނަޔައްވޯޓެއްލިބުނީ އޭނަގެ ދަރަނީތަކުންސަލާމަތްވާންވެގެން ރައީސުންގެފަހަތުންދުވަންފެށިފަހުން ރައްޔިތުން މޫސަދެކޭގޮތްވަނީބަދަލުވެފަ. ޟޫސަޔަށްވަރަށްސަލާމް

ހ. ހުސައިން

almost 2 years ago

ރޯދަ މަހަސް ތިވަރަށް ކަރާ ފަޅާކަށް ނުވާނެ. ކޮންމެ ކަމެއްގާވެސް އޮންނާވާނެ ހައްދެއް.

ނަގުދު

almost 2 years ago

2018 ވަނަ އަހަރު އިންތިހާބުގައި ރައީސް ސޯލިހު ނެގި ވޯޓުތަށް އަޅުގަނޑު ގާސިމް އިބްރާހިމްއަށް ވެސް ނަގައި ދޭނަމެވެ. މޫސަ އެވަރުވަންނާ ވަކިއަހަރެންނަށް ނުވާންވީ ސަބަބަެއްނެތެވެ. އަދި އިރާދަކުރެއްވިޔާ މީހަކަށް ދޭންޖެހޭ ދަރަނެތް ނޯންނާނެއެވެ. މޫސައަށް ވުރެން ނަފްސް މުއްސަދި ވާނެއެވެ.