Advertisement

ރޯދަ އަށް ހުރެ ހަތް މިނިޓް ތެރޭ ބެންޒެމާގެ ހެޓްރިކެއް

3 އޭޕްރީލް 2023 - 05:43 0


ރޯދަ އަށް ހުރެ ހަތް މިނިޓް ތެރޭ ބެންޒެމާގެ ހެޓްރިކެއް

3 އޭޕްރީލް 2023 - 05:43 0

މެޑްރިޑް (އޭޕްރީލް 3) - މެޗުގެ ފުރަތަމަ ހާފުގެ ހަތް މިނިޓް ތެރޭގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ ރޯދަ އަށް ހުރެ ހެދި ހެޓްރިކާ އެކު، ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔޮޑޮލިޑް އަތުން 6-0 އިން ރެއާލް މޮޅުވެއްޖެ އެވެ..

މި މެޗުން މޮޅުވިޔަސް، ރެއާލް އޮތީ ތާވަލްގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށްވުރެ 12 ޕޮއިންޓް ފަހަތުން، ތާވަލްގެ ދެ ވަނައިގައެވެ. ބާސެލޯނާ އަށް 27 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ވަނީ 27 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭ 1-0 އިން ރެއާލް ބެޓިސް ބަލިކޮށްފަ އެވެ. އެތުލެޓިކޯ އަށް ވަނީ 27 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ 22 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ޒުވާން ފޯވަޑް ރޮޑްރީގޯ އެވެ. ބެންޒެމާގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ 29 ވަނަ މިނިޓުގަ އެވެ. ރެއާލްގެ ވީނިސިއަސް ޖޫނިއާ ހުރަސްކޮށްލި ބޯޅަ ބެންޒެމާ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ. އަދި މެޗުގެ 32 ވަނަ މިނިޓާއި 36 ވަނަ މިނިޓުގައި އިތުރު ދެ ލަނޑު ޖަހައި، ބެންޒެމާ ވަނީ ހަތް މިނިޓުގެ ތެރޭގައި ހެޓްރިކެއް ހަދައިފަ އެވެ.

ވަޔޮޑޮލިޑް ގޯލަށް ބެންޒެމާ (ވ) ބޯޅަ ފޮނުވާލަނީ.


މިއީ 1992 ވަނަ އަހަރު ކުޅުނު ލީގު މެޗެއްގައި ރެއާލްގެ ލެޖެންޑް ފެނާންޑޯ ހިއޭރޯ ހަ މިނިޓުގެ ތެރޭގައި ހެޓްރިކެއް ހެދި ފަހުން، ލަ ލީގާގެ މެޗެއްގައި ރެއާލްގެ ކުޅުންތެރިއެއް އެންމެ އަވަހަށް ހެޓްރިކެއް ހެދި މެޗެވެ.

މެޗުގެ ދެ ވަނަ ހާފުގައި ރެއާލްގެ މާކޮސް އަސެންސިއޯ އާއި ލޫކަސް ވަޒްކޭޒް ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.

މި ސީޒަންގައި ސްޕެނިޝް ލީގުގެ ތަށި ދިފާއުކުރުމަށް މިހާރު އޮތްގޮތުން ރެއާލްގެ މާ ބޮޑު އުންމީދެއް ނެތެވެ. އެކަމަކު، މި މި މޮޅާއެކު ސްޕެނިޝް ކޮޕާ ޑެލްރޭގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރެއާލްގެ ޓީމަށް އިތުުރު ހިތްވަރެއް ލިބޭނެއެވެ.

ފުރަތަމަ ހާފުގައި ހަތަރު ލަނޑުގެ ލީޑެއް ލިބުމާ އެކު، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ވަނީ މުހިންމު ބައެއް ކުޅުންތެރިންނަށް އަަރާމްކުރަން ފުރުސަތު ދީ، އާންމުކޮށް ނާރުވާ ކުޅުންތެރިން ކުޅެން ނެރެފަ އެވެ

.އެ ގޮތުން، ރޭގެ މެޗުގައި ރެއާލުން ރޭގެ މެޗުގައި ބެލްޖިއަމްގެ އެޓޭކަރު، އެޑެން ހަޒާޑް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނެރެފަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު، ލީގު މެޗެއްގައި ހަޒާޑަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.