Advertisement

ފިލިޕީންސްގެ ފެރީއެއްގައި ރޯވެ 28 މީހުން މަރުވެއްޖެ

31 މާރިޗު 2023 - 13:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފެރީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލަން ކޯސްޓުގާޑުން މަސައްކަތް ކުރަނީ. -- ފޮޓޯ: ފިލިޕީންސްގެ ކޯސްޓުގާޑް


ފިލިޕީންސްގެ ފެރީއެއްގައި ރޯވެ 28 މީހުން މަރުވެއްޖެ

31 މާރިޗު 2023 - 13:21 0

ފިލިޕީންސްގައި ޕަސެންޖަރުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ފެރީއެއްގައި ރޯވެ 28 މީހުން މަރުވެ، 230 މީހުން ސަލާމަތްކޮށްފި އެވެ.

އޮފިޝަލުން ބުނީ އަލިފާން ރޯވީ ފެރީގެ އޭސީ ކެބިންގެ ތެރޭގައި ކަމަށެވެ. އެކަން ދިމާވީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.

ބުދަ ދުވަހުގެ ރޭގައި ހިނގި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ތިން ކުދިން ހިމެނޭ އިރު، އޭގެ ތެރޭގައި އެންމެ ހަ މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.

އޮފިޝަލުން ބުނީ ފެރީން ގެއްލުނު މީހުންގެ ސީދާ އަދަދެއް ނޭނގޭ ކަމަށެވެ. އެއީ އޭގައި ދަތުރު ކުރަމުން ދިޔަ މީހުންގެ އަދަދު ޔަގީންކޮށް ބުނަން ނޭނގޭތީ އެވެ. އެހެން ނަމަވެސް ރަސްމީކޮށް ނަަން ނޯޓުކޮށްފައި ތިބީ 205 މީހުންނެވެ.

ފިލިޕީންސްގެ ކޯސްޓުގާޑުން ބުނީ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށާއި ފެރީގައި މާ ގިނައިން މީހުން ތިބި ކަމަށް ބެލެވޭނެ ނިޝާނެއް ނެތް ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބައެއް މީހުން މަރުވާން މެދުވެރިވީ ލައިފް ޖެކެޓު ނުލައި ކަނޑަށް ފުންމާލުމުން ގެނބިގެންނެވެ. އެހެން ނަމަވެސް އަލިފާންގަނޑުގެ ތެރޭގައި ތާށިވެ 18 މީހުން މަރުވި އެވެ.

ރޯވުމާ އެކު ފެރީގެ ކެޕްޓަން ވަނީ ބޯޓު އައްސޭރިފަށާ ގާތްކޮށްފަ އެވެ. އެއީ ބޯޓުން ފުންމާލާ މީހުން ފަތާފައި އެއްގަމަށް އަރަން ފަސޭހަ ކުރުމުގެ ގޮތުންނެވެ.

ފިލިޕީންސްއަކީ 7،600 އަށް ވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ. އެހެން ނަމަވެސް، އެ ގައުމުގެ ކަނޑުދަަތުރު ކުރުމުގެ ކަންކަަން ރަނގަޅަށް ނުބަލަހައްޓަ އެވެ.

ފެރީތަކަށް މާ ގިނައިން މީހުން އެރުވުމާއި ބާވެފައިވާ އުޅަނދު ބޭނުންކުރުމުގެ ސަބަބުން ވަރަށް ގިނައިން ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގަ އެވެ.

މިދިޔަ އަހަރުގެ މޭ މަހު 134 މީހުން ގޮވައިގެން ދަތުރު ކުރި ފެރީއެއްގައި ރޯވެ ހަތް މީހުން މަރުވި އެވެ.