Advertisement

ޗައިނާއިން ފިލިޕިންސް ކޯސްޓް ގާޑު އުޅަނދަކަށް ޖެއްސުންކޮށްފި

12 ފެބުރުވަރީ 2024 - 06:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޗައިނާއިން ފިލިޕިންސް ކޯސްޓް ގާޑު އުޅަނދަކަށް ޖެއްސުންކޮށްފި

12 ފެބުރުވަރީ 2024 - 06:15 0

ދެކުނު ޗައިނާ ކަނޑުގެ ސްކާބަރޯ ޝޯލް ސަރަހައްދުގައި ފިލިޕީންސްގެ ކޯސްޓުގާޑު އުޅަނދެއް އާދީއްތަ ދުވަހު ޕެޓްރޯލްކުރަމުން ދަނިކޮށް، "ނުރައްކާތެރި" ގޮތްތަކަށް ޖެއްސުންކޮށް ކޮށްފައިވާ ކަމަށް ފިލިޕިންސް އިން ތުހުމަތުކޮށްފި އެވެ.

ސްކާބަރޯ ޝޯލް ސަރަހައްދު ފިލިޕިންސްގެ އިގުތިސޯދީ ސަރަހައްދަށް ވަންނައިރު، ޗައިނާއިން ބުނާ ގޮތުގައި ގުދުރަތީ ގޮތުން މުއްސަނދި ދެކުނު ޗައިނާ ކަނޑައަކީ އެ ގައުމުގެ ބައެކެވެ. އެ ކަނޑުގެ އެކި ހިސާބުތަކުގައިވާ ފަރުތަކުގައި ޗައިނާއިން ވަނީ ރަންވޭތަކާއި ޕޯޓް ފެސިލިޓީތައް ގާއިމްކޮށްފަ އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކުން އެ ކަނޑުގެ އެކި ސަރަހައްދުތަކަށް ދައުވާ ކުރެ އެވެ. އޭގެ ތެރޭގައި ޓައިވާން، ވިއެޓްނާމް، ފިލިޕީންސް، މެލޭޝިއާ އަދި ބްރޫނާއި ހިމެނެ އެވެ.

އެ ކަނޑުގައި މަނަވަރުތަކަށް މުހިއްމު ރޫޓުތައް ހިމެނޭ އިރު، ތެލާއި ގޭސް އެކި ސަރަހައްދުން ފެނުމުގެ ފުރުސަތު އޮތް ކަމަށް ވެއެވެ.

ސްކާބަރޯ ޝޯލް ސަރަހައްދުގައި ފިލިޕީންސްއިން ޕެޓްރޯލްކުރަމުން ދަނިކޮށް ޗައިނާގެ މަނަވަރާއި ކޯސްޓްގާޑުގެ ސާޅީހަކަށް އުޅަނދު ފަހަރު އެ ސަރަހައްދަށް ދިޔަ އެވެ. ހަތަރު ފަހަރެއްގެ މަތިން ޗައިނާގެ ބޯޓުފަހަރުން ފިނިޕީންސްގެ އުޅަނދުގެ ކުރިމަތިން ހުރަސް އެޅި އެވެ.

މި ނުރައްކާތެރި އަމަލުތަކަކީ ޗައިނާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރި ކަންކަން ކަމަށް ފިލިޕީންސްއިން ބުނެ އެވެ.

ފިލިޕިންސް ކޯސްޓް ގާޑުން ބުނީ އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔައީ އެ ގައުމުގެ މަސްވެރިންނަށް ދިމާވާ އުނދަގޫތަކުން ރައްކާތެރި ކުރުމަށް ކަމަށެވެ.