Advertisement

އިންޑިއާއިން ފިލިޕީންސްއަށް 7 ހެލިކޮޕްޓަރު ހަދިޔާ ކުރަނީ

6 ނޮވެންބަރު 2023 - 10:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރު ތަކެއް : އިންޑިއާއިން ފިލިޕީންސްއަށް 7 ހެލިކޮޕްޓަރު ހަދިޔާ ކުރަނީ - ފޮޓޯ: އޭއެފްޕީ


އިންޑިއާއިން ފިލިޕީންސްއަށް 7 ހެލިކޮޕްޓަރު ހަދިޔާ ކުރަނީ

6 ނޮވެންބަރު 2023 - 10:53 0

އިންޑިއާ އިން ފިލިޕީންސްއަށް ހަތް ހެލިކޮޕްޓަރު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ފިލިޕީންސްގެ ރައީސް ބޮންބޮން މާކޮސް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއިން ހަދިޔާކުރާ ހެލިކޮޕްޓަރުތައް ބޭނުންކުރާނީ ރެސްކިއު އޮޕަރޭޝަންތަކާއި އިންސާނީ އެހީގެ އެހެން އޮޕަރޭޝަންތަކުގަ އެވެ.

ފިލިޕީންސްއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހީނަރުވަމުންދާ މި ދަނޑިވަޅުގައި ވާދަވެރި އިންޑިއާއިން ފޯރުކޮށްދޭން ނިންމި ހެލިކޮޕްޓަރުތަކާ ގުޅޭގޮތުން އެ ގައުމުގެ ރައީސް އިތުރަށް ވިދާޅުވީ އެ އުޅަނދުތަކުގެ ސަބަބުން އެ ގައުމުގެ ކޯސްޓުގާޑުގެ އޮޕަރޭޝަންތަކަށްވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް ދެކުނު ޗައިނާ ކަނޑުގައި، ފިލިޕީންސްގެ ކޯސްޓު ގާޑު އުޅަނދަކާއި ޗައިނާގެ އަސްކަރީ މަަނަވަރެއް ހަމަލާ ބަދަލުކުރި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަސްކަރިއްޔާގެ ކޯސްޓުގާޑު ވަރުގަދަ ކުރުމަށާއި ރެސްކިއު އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް," މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާކޮސް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ މި ނިންމުން އައިސްފައި މިވަނީ އެ ގައުމުން ފިލިޕީންސްއަށް ކަނޑައަޅާފައި ހުންނަ ސަފީރާއި ފިލިޕީންސްގެ ރައީސް ބައްދަލުކުރެއްވިތާ ހަފުތާއެއް ފަހުންނެވެ.

"މި ހަތް ހެލިކޮޕްޓަރު އަކީ ފިލިޕީންސްގެ ކޯސްޓުގާޑަށް އެންމެ އެކަށޭނަ އުޅަނދުތައް، އަދި އެ ގައުމުގެ ސަލާމަތީ ކަންކަމުގައި އަމިއްލައަށް ކުޅޭ ރޯލު އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް [މިއީ]," ފިލިޕީންސްގައި ހުންނަވާ އިންޑިއާގެ ސަފީރު ޝަމްބޫ ކުމާރަން އިންޑިއާގެ މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ.