Advertisement

ޔޫކްރެއިނަށް އެތައް ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ދޭން ޖަރުމަނުން ނިންމައިފި

30 މާރިޗު 2023 - 09:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރާ ޓޭންކުތަކެއް. -- ފޮޓޯ: ޑީޑަބްލިއު


ޔޫކްރެއިނަށް އެތައް ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ދޭން ޖަރުމަނުން ނިންމައިފި

30 މާރިޗު 2023 - 09:12 0

ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރަން ޔޫކްރެއިނަށް އެތައް ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ފޯރުކޮށްދޭން ޖަރުމަނުވިލާތުން އެއްބަސްވެއްޖެ އެވެ.

ޖަރުމަނު ޕާލަމެންޓުގެ ބަޖެޓު ކޮމިޓީއިން ފާސްކުރީ ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ ސާމާނު ގަންނަން އަށް ބިލިއަން ޔޫރޯ ހޭދަކުރުމަށެވެ.

ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އަސްކަރީ އެހީގެ ގޮތުގައި ޔޫކްރެއިނަށް ޖުމްލަ 12 ބިލިއަން ޔޫރޯ ހޭދަކުރާނެ ކަމަށް ޕާލަމެންޓު ކޮމިޓީއިން ފާސްކުރި އެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޖަރުމަަނުގެ ސިފައިން ވަރުގަދަކޮށް ޒަމާނީ ކުރުމަށް ވެސް ހަތަރު ބިލިއަން ޔޫރޯ ހޭދަކުރަން ނިންމި އެވެ.

ޖަރުމަނުގެ ސިފައިންނަށް ހޭދަކުރާ މިންވަރު ދަށްވެ، އެކަށީގެންވާ ކުރިއެރުން ލިބެމުން ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުން ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޯލްޒް ވިދާޅުވީ އެ ގައުމުގެ އަސްކަރިއްޔާ ވަރުގަދަ ކުރާނެ ކަމަށެވެ.