Advertisement

މުސާރަ ކުޑަކޮށްވިޔަސް އޮބާމަޔަން ބޭނުންވަނީ ބާސެލޯނާ އަށް ދާން

28 މާރިޗު 2023 - 15:26 0


މުސާރަ ކުޑަކޮށްވިޔަސް އޮބާމަޔަން ބޭނުންވަނީ ބާސެލޯނާ އަށް ދާން

28 މާރިޗު 2023 - 15:26 0

ލަންޑަން (މާޗު 28) - މުސާރަ ކުޑަކޮށްވިޔަސް، ޗެލްސީ އަށް ކުޅެމުންދާ ގެބޯންގެ ފޯވަޑް ޕިއޭ އެމްރިކް އޮބާމަޔަން ބޭނުންވަނީ އެ ކްލަބު ދޫކޮށް ބާސެލޯނާ އަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ޗެލްސީއާ އެކު އޮބާމަޔަން ހަދާފައިވާ ކޮންޓުރެކްޓްގެ މުއްދަތު 2024 ވަނަ އަހަރު ނިޔަލަށް އޮތް ނަމަވެސް، އެކަށީގެންވާ ވަރަށް ޓީމުން ފުރުސަތު ނުލިބޭތީ އޭނާ މިހާރު ބޭނުންވަނީ އެ ކްލަބު ދޫކޮށްލާށެވެ. އަދި އޮބާމަޔަން ދޫކޮށްލަން ޗެލްސީން ވެސް ފަސްނުޖެހޭނެ ކަމަށްް ރިޕޯޓްތަކުން ބުނެ އެވެ.

ބާސެލޯނާ އިން 10 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި މިދިޔަ އަހަރު ޗެލްސީ އަށް ބަދަލުވި ފަހުން އޮބާމަޔަން އެ ކްލަބަށް ކުޅެފައިވަނީ އެންމެ 18 މެޗެވެ. އާސެނަލް އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުރިން ކުޅުނު އޮބާމަޔަން އަށް ޗެލްސީގައި މިހާތަނަށް ޖެހުނީ އެންމެ ތިން ލަނޑެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ބާސެލޯނާ އަށް މާލީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް ވިސްނާފައި، އޮބާމަޔަން ހުރީ މުސާރަ ކުޑަކޮށްވިޔަސް އެ ކްލަބަށް ބަދަލުވާން ތައްޔާރަށެވެ.

ޗެލްސީން އޮބާމަޔަން އަށް ހަފުތާއަކު 160،000 ޕައުންޑްގެ މުސާރަޢެއް ދޭއިރު، ބާސެލޯނާ އިން މި އަދަދާ ގާތްކުރާ މުސާރައެއް ވެސް އޮބަމަޔަން އަކަށް ނުލިބޭނެ އެެވެ. އެކަމަކު، އޭނާ ހުރީ މުސާރަ ކުޑަވިޔަސް، އެ ކްލަބަށް ބަދަލުވާން ބޭނުންވެފަ އެވެ.

ބާސެލޯނާ އިން ލިބޭ މުސާޜަ ކުޑަވިޔަސް، އެ ކްލަބާއި އޮބަމަޔަންއާ މެދު އޮތީ ރަނގަޅު ގުޅުމެކެވެ.