Advertisement

އެއް މަސްދުވަހުގެ ތެރޭގައި މީޑިއާތަކުގެ ދަފްތަރެއް އެކުލަވާލަނީ

28 މާރިޗު 2023 - 11:01 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---


އެއް މަސްދުވަހުގެ ތެރޭގައި މީޑިއާތަކުގެ ދަފްތަރެއް އެކުލަވާލަނީ

28 މާރިޗު 2023 - 11:01 0

ގަވާއިދުން ހިންގަމުންދާ މީޑިއާތަކާއި ހިންގަމުން ނުދާ މީޑިއާތައް ވަކި ކުރެވޭ ގޮތަށް ދިވެހި މީޑިއާގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ އުސޫލެއް ކަނޑައަޅައި މޯލްޑިވްސް މީޑިއާ ކައުންސިލުން އާންމުކޮށްފި އެވެ.

މިހާތަނަށް ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ތެރެއިން ދިވެހި މީޑިއާތައް ދަފްތަރުކޮށް ބަލަހައްޓާފައި ނުވެ އެވެ. އެކަމާ ގުޅިގެން މީޑިއާތަކާ ގުޅޭ މައްސަލަތައް ކުރިއަށްގެންދިޔުމުގައި ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އެ ކައުންސިލުން ހާމަކޮށްފައިވެ އެވެ.

އަދި، އައު އުސޫލާ އެކު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ މީޑިއާއެއްގެ ދަފްތަރު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

އެގޮތުން، ހިންގަމުންދާ މީޑިއާއެއް ކަމުގައި އާ ދަފްތަރުގައި ބަލާނެ މިންގަނޑަކީ، ނޫސް މަޖައްލާ އާއި މިނޫންވެސް އެފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާގެ ދަށުން މީޑިއާ އެއް ރަޖިސްޓަރީ ކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުންދާ ނުވަތަ ނެރެމުންދާ މީޑިއަކަށް ވާނަމަ އެވެ.

އަދި، މީޑިއާއަކީ ހިންގަމުން ނުދާ މީޑިއާއެއް ކަމުގައި ބަލާނީ ގަވާއިދު ދަށުން ނޫސް މަޖައްލާ އާއި އެ ނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ ދަށުން އެ މީޑިއާއެއް ރަޖިސްޓަރީ ކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުން ނުދާ ނުވަތަ ނެރެމުން ނުދާ މީޑިއާއަކަށް ވުމުން ކަމަށް މީޑިޔާ ކައުންސިލް އިން ބުނެ އެވެ.

އެ ކައުންސިލުން ބުނީ އެ އުސޫލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން މީލާދީ އެއް މަސް ދުވަހުގެ ތެރޭގައި މީޑިއާގެ ދަފުތަރު އެކުލަވައިލަން ވާނެ ކަމަށެވެ. އަދި، އެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް ކުރަނީ މީޑީއާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުންނެވެ.

އަދި، އެ ދަފުތަރު އެކުލަވައިލުމަށްފަހު ދަފްތަރު ބަލަހައްޓާނީ މީޑީއާ ކައުންސިލުގެ ސެކްރެޓޭރިއެޓުން ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ. އަދި، ކޮންމެ ތިން މަހުން އެއް ފަހަރު ދަފްތަރުގެ އަދާހަމަކުރަން ވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. މީޑިއާ ކައުންސިލުގެ ވެބްސައިޓުގައި އެ ދަފްތަރު ޝާއިއު ކުރާނެ އެވެ.

.