Advertisement

ޓިޔުނީޝިއާ ކައިރިން ރެފިއުޖީ ބޯޓުތަކެއް ބަންޑުން ޖަހާލައި 29 މީހުން މަރުވެއްޖެ

27 މާރިޗު 2023 - 09:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޯސްޓުގާޑުން ބުނީ ރެފިއުޖީ ބޯޓުތަކުގެ މަންޒިލަކީ އިޓަލީ ކަމަށް. -- ފޮޓޯ: ރޮއިޓާޒް


ޓިޔުނީޝިއާ ކައިރިން ރެފިއުޖީ ބޯޓުތަކެއް ބަންޑުން ޖަހާލައި 29 މީހުން މަރުވެއްޖެ

27 މާރިޗު 2023 - 09:26 0

އެފްރިކާގެ ގައުމުތަކުން ޔޫރަޕަށް ހިޖުރަ ކުރަން ބޭނުންވާ މީހުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ތިން ބޯޓު ބަންޑުން ޖަހާލައި މަރުވި 29 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ޓިޔުނީޝިއާގެ ކޯސްޓުގާޑުން ބުނެފި އެވެ.

އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުން ޔޫރަޕަށް ހިޖުރަ ކުރަން ބޭނުންވާ ގިނަ ބަޔަކު ދަތުރު ފަށާ އެއް ގައުމަކީ ޓިޔުނީޝިއާ އެވެ.

އެއްވެސް ރައްކާތެރިކަމެއް ނެތި ކުދި ބޯޓުތަކާއި ޑިންގީތަކުގައި މެޑިޓެރޭނިއަން ކަނޑުން ދަތުރު ކުރަން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މީހުން މަރުވެފައިވެ އެވެ.

ޓިޔުނީޝިއާގެ ކޯސްޓުގާޑުން ނެރުނު ބަޔާނެއްގައި ބުނީ ބޯޓުތައް އަޑިއަށް ދިޔުމުން ހިންގި ރެސްކިއު އޮޕަރޭޝަނުގައި އެފްރިކާގެ އެކި ގައުމުތަކަށް ނިސްބަތްވާ 11 މީހުން ސަލާމަތް ކުރި ކަމަށެވެ.

އެ އެންމެންނަކީ ވެސް ސައްހަ ލިޔެކިޔުން ނެތް މީހުންނެވެ. އެއް ބޯޓު އަޑިއަށް ދިޔަ ހިސާބުން 19 މީހުން ހަށިގަނޑު ފެނުނު އިރު، މަހްދިޔަ އަވަށް ކައިރިން ދެ ވަނަ ބޯޓެއް އަޑިއަށް ދިޔަ އެވެ.

ދެ ވަނަ ބޯޓުން ވެސް 11 މީހުން ސަލާމަތް ކުރި ކަމަށް ކޯސްޓުގާޑުން ބުންޏެވެ. އެ ސަރަހައްދުން ފެނުނީ އަށް މީހުންގެ ހަށިގަނޑެވެ. އެހެން ސަރަހައްދަކުން އިތުރު ދެ ހަށިގަނޑު ފެނުނެވެ.

އެފްރިކާގެ ގައުމުތަކުން ގާނޫނާ ހިލާފަށް މީހުން ހިޖުރާ ކުރާ މައްސަލަ ބޮޑުވެފައިވާ ކަމަށް ދާދި ފަހުން ޓިޔުނީޝިއާގެ ރައީސް ކައިސް ސައީދު ވިދާޅުވި އެވެ.