Advertisement

އަންހެނަކަށް މަގުމަތީ އަނިޔާ ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

22 މާރިޗު 2023 - 19:21 0

މަޑަވެލީގައި އަނިޔާ ކުރި މީހާ: އެ މައްސަލަ އެޗްއާރްސީއެމުން ވެސް ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ: ވީޑިއޯ ކެޕްޗާ


އަންހެނަކަށް މަގުމަތީ އަނިޔާ ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

22 މާރިޗު 2023 - 19:21 0

ގދ. މަޑަވެލީގެ މަގެއްގައި އަންހެނަކަށް އަނިޔާކުރި މީހާ ހައްޔަރުކޮށް ކޯޓަށް ހާާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މަޑަވެލިން އިއްޔެ ހައްޔަރު ކުރީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. ހައްޔަރު ކުރި މީހާ އަނިޔާ ކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެނަކަށް ކަމަށްވެ އެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ އަންހެން މީހާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ކޮންމެވެސް މީހަކު ސޯޝަލް މީޑިއާއަށް ލުމުންނެވެ.

އަންހެން މީހާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބިންމަތީގައި ދަމާފައި ގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. އަދި ވަރަށް ބާރަށް މޫނުމަތީގައި އަތުން ޖަހާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. އެ ފިރިހެން މީހާ މައިތިރި ކުރީ އެ ސަރަހައްދަށް އެއްވެ ތިބި ބަޔެކެވެ.

އެ މައްސަލައިގައި ގިނަ ބައެއްގެ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.