Advertisement

ކުވެއިތު ފަންޑުގެ އެހީއާ ގުޅިގެން ލިބުނީ އަމީރުގެ "ބާ ޖަވާބެއް"

22 މާރިޗު 2023 - 11:15 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު؛ ކުވެއިތު ފަންޑާ ގުޅޭ އާ ޖަވާބެއް ނުދެއްވާ-- ފޮޓޯ: މިރާން ނާޝިމް/ އަދަދު


ކުވެއިތު ފަންޑުގެ އެހީއާ ގުޅިގެން ލިބުނީ އަމީރުގެ "ބާ ޖަވާބެއް"

22 މާރިޗު 2023 - 11:15 0

ކުވެއިތު ފަންޑުގެ އެހީގައި ތަރައްގީ ކުރާ ހަތް ހޮސްޕިޓަލަށް ފަންޑު ހަމަޖެހޭނެ ކަމަށް އާ ތާރީހެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދެއްވައިފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު މަޖިލީހަށް ހާޒިރުކޮށް ކުރި ސުވާލުގައި އަމީރު ވަނީ ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް ޖެހިގެން އޮތް ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް ވެސް ފަންޑު ހަމަޖެހިފައި ނުވާ ކަމުގެ ކަންބޮޑުވުމާއެކު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ސުވާލު ކުރައްވައިފަ އެވެ.

"މިނިސްޓަރު މި މަޖިލީހުގައި މީގެ ދެ ހަފްތާ ކުރިން ވާހަކަ ދެއްކެވިއިރު ވިދާޅުވި ފާއިތުވީ ހަފްތާ ތެރޭގައި ހަވާލު ކުރާނެ ކަމަށް، އެހެންނަމަވެސް ފާއިތުވީ ހަފްތާ ފާއިތުވެގެން ދިޔައިރު ވެސް ހަވާލުކުރެވިފައި ނުވޭ، އޭގެ ތެރޭގައި ހިމެނޭ ވެލިދޫ ހޮސްޕިޓަލު ވެސް،" މެންބަރު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ކުވެއިތު ފަންޑު ފަދަ އެހީތަކުގައި އެހެން މަރުހަލާއެއް އޮންނަ ކަމަށާއި އެވޯޑު ކުރުމަށް ފަހު، "ނޯ އޮބްޖެކްޝަން" ބޭނުންވާ ކަމަށެވެ.

"ނޯ އޮބްޖެކްޝަން ނުލިބި ލަސްތަކެއް ވެގެން މިދަނީ، މީގެ ދެތިން ދުވަސް ކުރިން ކުވެއިތު ފަންޑުގެ އިސްބޭފުޅުންނާ ވެސް ވާހަކަ ދެއްކިން،" އަމީރު ވިދާޅުވި އެވެ.

އެގްރީމެންޓު ސޮއިކުރެވޭ ހިސާބަށް މި ހަފްތާތެރޭގައި ގެންދެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ވެލިދޫ ހޮސްޕިޓަލާ ގުޅިގެން އަމީރު ވަނީ އެ މަޝްރޫއު އޮތީ ހަވާލުކޮށްފައި ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީ ޕްރައިމަރީގެ ތެރޭގައި ހަވާލުކުރި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ނުކުރެވި އޮތީ ކުވެއިތު ފަންޑު ހަމަ ނުޖެހޭތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.