Advertisement

މަޑަވެލީގައި އަނިޔާ ލިބުނު އަންހެންމީހާއަށް ވަނީ ރައްކާތެރިކަން ފޯރުކޮށްދީފައި: ޖެންޑާ

21 މާރިޗު 2023 - 23:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ - ފޮޓޯ: މަޖިލިސް


މަޑަވެލީގައި އަނިޔާ ލިބުނު އަންހެންމީހާއަށް ވަނީ ރައްކާތެރިކަން ފޯރުކޮށްދީފައި: ޖެންޑާ

21 މާރިޗު 2023 - 23:52 0

ގދ. މަޑަވެލީ މަގުމަތީގައި ފިރިހެނަކު އަނިޔާކުރި އަންހެން މީހާއަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން އެ މިނިސްޓްރީއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވި އެ އަންހެން މީހާއަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ގާނޫނުގެ ދަށުން އެ ފަރާތަށް ލިބިދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި މައްސަލާގައި އަނިޔާކުރި ފިރިހެންމީހާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާ އެ އިދާރާއިން ބަލަމުން އަންނަ ކަމަށްވެސް ޖެންޑާ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ މިނިސްޓްރީއިން ބުނީ މިފަދަ މައްސަލަތަކުގައި އެ މިނިސްޓްރީއިން އެންމެ އިސްކަމެއް ދެނީ އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ފަރުވާއާއި އެހީތެރިކަން ހޯދައިދިނުމަށް ކަމަށެވެ.

ބައެއް މީޑިއާތަކުން އެ އަންހެން މީހާއަކީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ކަމަށް ބުނެފައިވާ ބުނުން ދޮގުކޮށް ޖެންޑާ މިނިސްޓްރީއިން ބުނެފައިވަނީ މިފަދަ މައްސަލަތަކުގައި ދޮގު މައުލޫމާތު ފެތުރުމަކީ އަނިޔާ ލިބޭ ފަރާތަށާއި އެ ފަރާތުގެ އާއިލާއަށް އިތުރަށް ގެއްލުންވެދާނެ ކަމެއް ކަމަށެވެ.

އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރުމުގައި ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށްވެސް މިނިސްޓްރީއިން ވަނީ އެދިފަ އެވެ.

އެ އަންހެންމީހާއަށް އަނިޔާކުރި 39 އަހަރުގެ ފިރިހެންމީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.