Advertisement

މިޓްރޮވިޗާއި މާކޯސް ސިލްވާގެ ރަތް ކާޑު މައްސަލަ އިތުރަށް ބަލަނީ

21 މާރިޗު 2023 - 12:24 0

ފުލަމްގެ މެޗެއްގެ ތެރެއިން މިޓްރޮވިޗް (ވ) އާއި މާކޯސް ސިލްވާ


މިޓްރޮވިޗާއި މާކޯސް ސިލްވާގެ ރަތް ކާޑު މައްސަލަ އިތުރަށް ބަލަނީ

21 މާރިޗު 2023 - 12:24 0

ލަންޑަން (މާޗް 21) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗުގައި ފުލަމްގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗާއި ކޯޗު މާކޯސް އަލޮންސޯ އަށް ދެއްކި ރަތް ކާޑުގެ މައްސަލަ އިތުރަށް ބަލަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

ފުލަމް 1-0 އިން ކުރީގައި އޮތް މި މެޗު، ޔުނައިޓެޑުން ކާމިޔާބުކުރީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ.

ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ އޮއެވަރު އެއްކޮށް ބަދަލުވެގެންދިޔައީ ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ، ފުލަމްގެ ކީޕަރު ބާން ލޭނޯ ކައިރިން ނައްޓާފައި ޖެހި ބޯޅަ ގޯލު ރޮނގުމަތިން ފުލަމްގެ ވިލިއަން ސަލާމަތްކުރިއިރު، އަތުން ޖެއްސި ކަމަށް ބަލައި ޕެނަލްޓީ ދިނުމުންނެވެ. އެންމެ ފުރަަތަމަ ވިލިއަން އަތުގައި ޖެހިފައި ބޭރުވި ބޯޅަ އަށް މެޗުގެ ރެފްރީ ކްރިސް ކަވަނާ ދެއްކީ ކޯނަރެކެވެ.

އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލަން ޖެހުމުން ދަނޑު ކައިރީ ބެހެއްޓިފައި ުރި މޮނީޓަރު ކައިރިއަށް ކަވަނާ ދިޔަ ވަގުތު ފުލަމްގެ ކޯޗު މާކޯ ސިލްވާ ބުނި އެއްޗަކަށް އޭނާ އަށް ރަތް ކާޑު ދެއްކި އެވެ. ވީއޭއާރް އިން ބެލުމަށް ފަހު ޕެނަލްޓީ ދޭން ނިންމައި، ވިލިއަން އަށް ރަތް ކާޑު ދެއްކުމުން، އެކަމާ ހިތްހަަމަ ނުޖެހި މިޓްރޮވިޗް ވަނީ ރެފްރީ ކަވަނާ ގައިގައި އަތްލައިފަ އެވެ. އެއާ އެކު މިޓްރޮވިޗަށް ވެސް ރަތް ކާޑު ދެއްކީ އެވެ. ނުވަ ކުޅުންތެރިންނާ އެކު ފުލަމް ކުޅެން ޖެހުމުގެ ފައިދާނަގައި، ޔުނައިޓެޑް މޮޅުވީ ތިން ގޯލު ޖަހައިގެންނެވެ.

އެ ރަތް ކާޑާ ގުޅިގެން މި ވަގުތު ދީފައިވަނީ ތިން މެޗުގެ ސަސްޕެންޝަނެކެވެ. އެކަމަކު، މައްސަލަ ބަލައި ނިމޭއިރު ސަސްޕެންޝަންގެ މުއްދަތު ދިގުވުމުގެ ފުރުސަތު ބޮޑެވެ.

އިނގިރޭސި އެފްއޭ އިން މި މައްސަލަ ބަލަން ނިންމީ ރެފްރީގެ ރިޕޯޓްގައި ހިމަނާފައިވާ ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެ ގޮތުން މިޓްރޮވިޗާ ގުޅޭ ގޮތުން ބަލަނީ ރެފްރީ ގައިގައި އަތްލި ކަމުގެ މައްސަލަ އެކެވެ. އަދި މާކޯ ސިލްވާއާ ދެކޮޅަށް ބަލަމުން އަންނަ މައްސަލަ އަކީ އެސިސްޓަންޓް ރެފްރީއާ ދިމާލަށް ފެންފުޅިއެއް އެއްލި ކަމަށް ބުނާ މައްސަލަ އެވެ.

މި މައްސަލަތައް ބެލުމަށް ފަހު، މިޓްރޮވިޗާއި މާކޯ ސިލްވާ އަށް ދިގު މުއްދަތުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އެ ގޮތުން، އިނގިރޭސި ކުރީގެ ފޯވާޑް ކްރިސް ސަޓަން ވަނީ މިޓްރޮވިޗަށް 10 މެޗުގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އެއީ މީގެ ކުރިން އަޅާފައިވާ އެ ފަދަ ފިޔަވަޅަކަށް އިޝާރާތްކޮށް ސަޓަން ދެއްކި ވާހަކަ އެކެވެެ. އެ ގޮތުން، 1998 ވަނަ އަހަރު ޝެފީލްޑް ވެނެސްޑޭ އަށް ކުޅެމުން އިޓަލީގެ ޕައޮލޯ ޑި ކާނިއޯ، އެ މެޗުގެ ރެފްރީ، ޕޯލް އަލްކޮކް ކޮށްޕާލުމާ ގުޅިގެން އޭނާ 11 މެޗަށް ސަސްޕެންޑް ކުރި އެވެ.