Advertisement

އިންޑިއަން ގްރޯން ޕްރީ: 800 މީޓަރު ރޭހުން ޖާއިޝާ އަށް ތިން ވަނަ

21 މާރިޗު 2023 - 05:56 0

ގައުމީ ގްރޯން ޕްރީ އިވެންޓްގެ ތެރެއިން ޖާއިޝާ ދުވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


އިންޑިއަން ގްރޯން ޕްރީ: 800 މީޓަރު ރޭހުން ޖާއިޝާ އަށް ތިން ވަނަ

21 މާރިޗު 2023 - 05:56 0

އިންޑިއާގެ ޓްރިވެންޑްރަމްގައި އިއްޔެ ފެށި ގްރޯން ޕްރީ މުބާރާތުގެ އަންހެނުންގެ 800 މީޓަރު ދުވުމުގެ ތިން ވަނަ ރާއްޖޭގެ އާމިނަތު ޖާއިޝާ ޖުނީޒު ހޯދައިފި އެވެ.

މިދިޔަ އަހަރު ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމާއި ދާދި ފަހުން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެތުލެޓިކްސްގެ އެންމެ މޮޅު އަަންހެން އެތުލީޓުގެ މަގާމު ހޯދި ޖާއިޝާ ވަނީ 2 މިނިޓް 29.33 ސިކުންތުން ރޭސް ނިންމައި، ތިން ވަނަ ހޯދައިފަ އެވެ.

މި އިވެންޓުން އެއް ވަނަ ހޯދި އިންޑިއާގެ ދިއްލީ އަށް ނިސްބަތްވާ ޗަންދާ ނިންމި ޓައިމިން އަކީ 2 މިނިޓް 09.18 ސިކުންތެެވެ. އަދި ދެ ވަނަ އަށް ދިޔަ މާދުޔާ ޕްރަދޭޝްގެ ދީކްޝާ ނިންމާފައިވަނީ 2 މިނިޓް 12.06 ސިކުންތުންނެވެ.

ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ދުވުންތެރިޔާ، ޖާއިޝާ އަށް މި އިވެންޓުން މި ލިބުނު ކާމިޔާބާ އެކު، މިއީ ކުރިއަށްދާން ހިތްވަރެކެވެ.

އިއްޔެ، ފިރިހެނުންގެ 800 މީޓަރުގެ ރޭހުގައި ރާއްޖޭގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) އާއި އަބްދުލް ރަޝީދު އިސްމާއިލް ވެސް ވަނީ ވާދަކޮށްފަ އެވެ. ފުރަތަމަ ހީޓުގައި ދުވުނު ރާއްޖޭގެ ރިޒާ ނިންމީ 1 މިނިޓް 53.51 ސިކުންތުންނެވެ. މިއީ ރާއްޖޭގެ ގައުމީ ރެކޯޑާ ކައިރި ޓައިމިން އެކެވެ. ރިޒާ ދިޔައީ ހީޓުގެ ހަތަރު ވަނަ އެވެ. އަބްދުލް ރަޝީދުގެ ޓައިިމިން އަކިީ 2 މިނިޓް 01.31 ސިކުންތެވެ. އޭނާ ދިޔައީ ހީޓުގެ ހަ ވަނަ އެވެ.

އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ދިން ފުލްޓައިމް ސްކޮލަޝިޕެއްގައި ބެންގަލޫރުގައި ތަމްރީން ހަދަމުން އަންނަ ގައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓުންގެ ތެރެއިން، ރިފާ މުހައްމަދު ފިޔަވައި، ދެން ތިބި ހުރިހާ އެތުލީޓުން މި މަހު 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީގައި ވާދަކުރާނެ އެވެ. މިއީ ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން އިންޑިއާގައި ޓްރެއިނިން ހަދަމުން އަންނަ އެތުލީޓުން އެ ގައުމުގެ މުބާރާތެއްގައި ވާދަކުރަން ލިބުނު ރަނގަޅު ފުރުސަތެކެވެ.