Advertisement

އެމްޑީޕީ އިން ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ ކެމްޕޭން ފަށައިފި

20 މާރިޗު 2023 - 14:46 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


އެމްޑީޕީ އިން ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ ކެމްޕޭން ފަށައިފި

20 މާރިޗު 2023 - 14:46 0

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަންގެ ކެމްޕޭން ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އިން ފަށައިފި އެވެ.

އެމްޑީޕީ އިން ބުނީ އެ ދާއިރާއަށް ކުރިމަތިލުމަށް އެޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރި އިބްރާހިމް ޝާޒް އާއި މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެހެނިހެން ސަރުކާރުގެ އިސްވެރިން ހިމެނޭ ޕާޓީގެ ވަފްދެއް އެދާއިރާގެ ތިން ރަށަށް މިއަދު ދަތުރުކުރާނެ ކަމަށެވެ.

އެ ދަތުރުގައި އެ ދާއިރާގެ ތިން ރަށުގެ ކެމްޕޭނު ޓީމުތަކާއި ރައްޔިތުންނާ ބައްދަލުކޮށް ދޮރުން ދޮރަށް ހިނގައި ކެމްޕޭނު ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ސަރުކާރުގެ މި ހަތަރު އަހަރު ތެރޭގައި އެދާއިރާގެ ތިން ރަށަށް ވަނީ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާފަ އެވެ. އޭގެ ތެރޭގައި ގުޅީގައި ފެނާ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމި މާފުށީގެ ބިން ހިއްކުމާއި ޕިކްނިކް އައިލެން ފަދަ މަޝްރޫއުތައް ވަނީ ނިންމާފަ އެވެ.

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ރިޒާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން އަދާކުރެއްވި މެންބަރެވެ. އަދި އޭރު އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.

ގާނޫނުއަސާސީގެ 78 މާއްދާގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްްވާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަންޖެހެ އެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގަ އެވެ.