Advertisement

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުގެ މަގާމު ހޯދީ ފަޒީލް އާއި ޝައިމް

19 މާރިޗު 2023 - 19:22 1

އެންމެ މޮޅު އެތުލީޓުގެ ޓްރޮފީ ޝައިމް (ކ) އާއި ފަޒީލް ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުގެ މަގާމު ހޯދީ ފަޒީލް އާއި ޝައިމް

19 މާރިޗު 2023 - 19:22 1

މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ކްލަބް ރާވެރިޔާގެ އައިޝަތު ޝައިމް އަޒީޒް ހޯދައިފި އެވެ.

ސިފައިންގެ ކްލަބްގެ ފަޒީލް އަންނަނީ ނަސީރު ސްޕޯޓްސް އެކެޑަމީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްރީ ލަންކާގައި ޓްރެއިނިން ކުރިއަށް ގެންދަމުންނެވެ. ފަޒީލަކީ މިދިޔަ އަހަރު އެންމެ ފަހުން ބޭއްވި މުބާރާތް ކަމަށްވާ ގައުމީ ގްރޯން ޕްރީގެ ވެސް އެއް ވަނަ އެތުލީޓެވެ. މި ފަހަރު އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ފަޒީލް ހޯދީ 800، 1500 އަދި 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިގެންނެވެ.

އޯޕަން ބައިގެ ފިރިހެން އެންމެ މޮޅު ކްލަބަކަށް ހޮވުނު ދިވެހި ސިފައިންގެ ކްލަބަށް ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެ ގޮތުން، 5000 މީޓަރު ދުވުމުން ފަޒީލް އެއް ވަނަ ހޯދީ 16.01.27 މިނިޓުން ރޭސް ނިންމައި، މީޓް ރެކޯޑަކާ އެކު އެވެ. އޭނާއާ ވާދަކުރި އައިލެންޑް ރަނާސްގެ ޔޫސުފް އިބްރާހިމް އިވެންޓް ނިންމީ 16:14.22 މިނިޓުންނެވެ. އަދި ތިން ވަނަ ހޯދި ސިފައިންގެ މުހައްމަދު ރަޝީދު (މޯޑު)ގެ ޓައިިމިން އަކީ 17:08.62 މިނިޓެވެ ފަޒީލް އިއްޔެ ވަނީ، 1500 މީޓަރު ރޭސް 4:11.93 މިނިޓުން ނިންމައި، އެއް ވަނަ ހޯދައިފަ އެވެ. މި އިވެންޓުން ދެ ވަނަ ހޯދި ޔޫސުފްގެ ޓައިމިން އަކީ 4:20.12 މިނިޓެވެ. އަދި ތިން ވަނަ އަށް ދިޔަ މޯޑުގެ ޓައިމިން އަކީ 4:28.22 މިނިޓެވެ. އަދި މިއަދު 800 މީޓަރުގެ ރޭސް 1:58.62 މިނިޓުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ، ޔޫސުފް ރޭސް ނިންމީ 2:01.53 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ ކްލަބް ރާވެރިޔާގެ އަހުމަދު އަވްސަމް ނާފިޒު ރޭސް ނިންމީ 2:07:70 މިނިޓުންނެވެ.

ފަޒީލާ އެންމެ ގާތުން ވާދަކުރީ 100 އާއި 200 މީޓަރު ރޭސް ކާމިޔާބުކުރި ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތު އެވެ.

އެއް ވަނަ އަންހެން އެތުލީޓުގެ މަގާމު ހޯދި ޝައިމް ވަނީ ހައި ޖަމްޕާއި ލޯންގް ޖަމްޕް އަދި ޖެވެލިން އުކުމުން ރަން މެޑަލް ހޯދައިފަ އެވެ.

އޯޕަން ބައިގެ އެންމެ މޮޅު އަންހެން ކްލަބަކަށް ހޮވުނު ރާވެރިޔާގެ އެތުލީޓުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ލޯންގް ޖަމްޕްގައި ޝައިމް އެއް ވަނަ ހޯދީ 4.95 މީޓަރު ދުރަށް ފުންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ނޫރާ އަބްދުލް ހަމީދު 4.66 މީޓަރު ދުރަށް ފުންމި އެެވެ. ތިން ވަނަ ހޯދި އައިޝަތު ނައައާދު ވަނީ 4.33 މީޓަރު ދުރަށް ފުންމައިފަ އެވެ. ހައި ޖަމްޕްގައި ޝައިމް ވަނީ 1.43 މީޓަރު މައްޗަށް ފުންމައިފަ އެވެ. ދެ ވަނަ އަށް ދިޔަ ފަސުހާ އަހުމަދު ވަނީ 1.40 މީޓަރު މައްޗަށް ފުންމައިފަ އެވެ. އަދި ތިން ވަނަ ހޯދި ނޫރާ ފުންމީ 1.37 މީޓަރު މައްޗަށެވެ. އަދި ޖެވަލިން އުކުމަށް ބަލާއިރު، ޝައިމް އެއް ވަނަ ހޯދީ 26.13 މީޓަރު ދުރަށް އެއްލައިފަ އެވެ. ދެ ވަނަ އަށް ދިޔަ ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ލައުހާ ހުސެއިން ވަނީ 24.69 މީޓަރު ދުރަށް އެއްލައިފަ އެވެ. އަދި ތިން ވަނަ އަށް ދިޔައީ 22.90 މީޓަރު ދުރަށް އެއްލި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އާނާ އިބްރާހިމް އެވެ.

ޝައިމްއާ އެންމެ ގާތުން ވާދަކުރީ 100 އާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، ޓްރިޕަލް ޖަމްޕް އިން ރިހި މެޑަލް ހޯދައިފަ އެވެ.

އެންމެ މޮޅު ކްލަބަކަށް ހޮވުނީ ފިރިހެނުންގެ ބައިން ސިފައިންނާއި އަންހެނުންގެ ބައިން ރާވެރިޔާ އެވެ. ފަނަރަ އަހަރުން ދަށަށް ބަލާއިރު ފިރިހެނުންގެ ބައިން އެއް ވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލް އަދި އަންހެނުންގެ ބައިން ޝަރީފް ސްޕޯޓްސް އެވެ.

މިއަދު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 800 މީޓަރު ދުވުމުގެ ފައިނަލުގެ ތެރެެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފަނަރަ އަހަރުން ދަށުގެ ބަޔަށް ބަލާއިރު، ފިރިހެން ކުދިންގެ ތެރެއިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ކްލަބް ރާވެރިޔާގެ ސުހައިލް އަބްދުލް ސަމަދު އެވެ. އޭނާ ވަނީ 800 އާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ހާފިޒް އަހުމަދު ސްކޫލްގެ އައިޝަތު ސާހީ ޝާހިދު އެވެ. އޭނާ ވަނީ ޖެވަލިން އުކުމާއި ހައި ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ގައުމީ ލެވަލްގެ ގިނަ އެތުލީޓުން ވާދަނުކުރެ އެވެ. އެއީ މި ވަގުތު އެކިއެކި ފުރުސަތުތަކުގައި ރާއްޖޭން ބޭރުގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނާތީ އެވެ. އެ ގޮތުން 2024 ވަނަ އަހަރުގެ ޕެރިސް ސްކޮލަޝިޕާއި ބީއެމްއެލްގެ ސްކޮލަޝިޕް އަދި އިންޑިއަން ހައި ކޮމިޝަނުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ގައުމީ އެތުލީޓުން އަންނަނީ ރާއްޖޭން ބޭރުގައި ޓްރެއިނިން ކުރިއަށް ގެންދަމުންނެވެ.