Advertisement

ޗައިނާގައި ހަލުވިކަމާ އެކު އިންފްލުއެންޒާ ފެތުރެނީ

20 މާރިޗު 2023 - 07:46 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ހޮސްޕިޓަލެއްގައި ބަޔަކު މަޑުކޮށްގެން. -- ފޮޓޯ: ބްލޫމްބާގް


ޗައިނާގައި ހަލުވިކަމާ އެކު އިންފްލުއެންޒާ ފެތުރެނީ

20 މާރިޗު 2023 - 07:46 0

ޗައިނާގައި ފިނި މޫސުން ނިމި ހޫނު މޫސުން ބޯމަތިވެފައި އޮތް ނަމަވެސް ހަލުވިކަމާ އެކު އިންފްލުއެންޒާ ފެތުރެމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރޯގާގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރާ ކޮންމެ ދެ މީހެއްގެ ތެރެއިން އެކަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެ އެވެ.

ޗައިނީޒް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މޮނީޓާ ކުރާ ހޮސްޕިޓަލްތަކުގައި ފާއިތުވި ހަފުތާގައި އިންފްލުއެންޒާއަށް ޕޮޒިޓިވްވާ ރޭޓް އުޅުނީ 53.2 ޕަސެންޓުގަ އެވެ. އެއީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 13 ގުނަ އިތުރެވެ.

ތަފާސްހިސާބު ދައްކާ ގޮތުން އިންފްލުއެންޒާ އިތުރުވަމުންދާ އިރު، ކޮވިޑް ކޭސްތައް ދަނީ މަދުވަމުންނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް އުޅެނީ އެންމެ 2.7 ޕަސެންޓުގަ އެވެ. ކޮވިޑް ކޭސްތައް މަދުވި ނަމަވެސް، ކޮވިޑް ފަތުރާ ވައިރަހުގެ އާ ސަބްވޭރިއެންޓުތައް ޗައިނާއިން ދަނީ ފެންނަމުންނެވެ.

މިހާރު ހަލުވިކަމާ އެކު އިންފްލުއެންޒާ ފެތުރޭތީ ޗައިނާގައި އެންޓިވައިރަލް ބޭސް "އޮސެލްޓަމިވިރް" އަށް ޑިމާންޑު ބޮޑެވެ. މިދިޔަ އަހަރުގެ މާޗް މަހާ އަޅާ ބަލާއިރު އެ ބޭހަށް އޮތް ޑިމާންޑު ވަނީ 100 ގުނަ އުފުލިފަ އެވެ.

ކުއްލިއަކަށް އެ ބޭހަށް ޑިމާންޑު ބޮޑުވުމުން ހޮސްޕިޓަލްތަކާއި ފާމަސީތަކަށް ބޭހުގެ ދަތިކަން ދިމާވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.