Advertisement

ކުރެންދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް އެސްޖޭ އާ ހަވާލުކޮށްފި

19 މާރިޗު 2023 - 16:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް އެސްޖޭ ކުންފުންޏާއެކު ހައުސިން މިނިސްޓްރީއިން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހައުސިން މިނިސްޓްރީ


ކުރެންދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް އެސްޖޭ އާ ހަވާލުކޮށްފި

19 މާރިޗު 2023 - 16:15 0

ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު ޑިޒައިންކޮށް އެޅުމަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް އެވެ.

އެސްޖޭ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޖުމްލަ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

ހައުސިން މިނިސްޓްރީއިން މިއަދު ބުނި ގޮތުގައި 1000 އަކަ ފޫޓުގެ މި ހައުސިން ޔުނިޓުތައް އަޅާނީ ފަންގިފިލާތަކަށް ނެގޭ ބިލްޑިންގެއްގަ އެވެ. އަދި، ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ އަދި ލޯންޑްރީ އާއި ގުދަނެއް ވެސް ހުންނާނެ އެވެ.

އޭގެ އިތުރުން، އެ ފުލެޓުތަކުގައި އުޅޭ މީހުންނަށް ރަނގަޅު މާހައުލެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ޕާކިން އޭރިއާއެއްގެ އިތުރުން ޕާކެއް ގާއިމުކޮށް، އިމާރާތުގެ ވަށައިގެން އަލިކަން ގާއިމުކުރާނެ ކަމަށް ވެސް މިނިސްޓްރީއިން ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.