Advertisement

އެމްއާރްއެމްގެ ލީޑަރު ރައީސް ސޯލިހާ ބައްދަލު ކުރައްވަނީ

19 މާރިޗު 2023 - 11:53 0

ކުރީގެ ރައީސް މައުމޫނާއި ރައީސް ސޯލިހު މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ ތެރެއިން: ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން އެމްއާރްއެމުން އަދި ނިންމާފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް


އެމްއާރްއެމްގެ ލީޑަރު ރައީސް ސޯލިހާ ބައްދަލު ކުރައްވަނީ

19 މާރިޗު 2023 - 11:53 0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ބައްދަލުވުމެއް ބޭއްވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ރައީސް އޮފީހަށް ވަޑައިގެންފި އެވެ.

މައުމޫނާއެކު އެމްއާރްއެމްގެ ރައީސް އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވަޑައިގެންނެވި އެވެ. މައުމޫން މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވިއިރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީއަށް ފޮނުވާފައިވާ ދައުވަތަށް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާއިރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް މިހާރު ވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އިން ވެސް ވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމައިފަ އެވެ.

ސަރުކާރު ކޯލިޝަނުގައި މިހާރު ވެސް ހިމެނޭ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ނިންމީ، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ ފަހަތްޕުޅަށް ގާސިމް އަރުއްވާނެ ކަމަށް ނުބެލެވެ އެވެ.

އޭގެ އިތުރުން، ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު ކާމިޔާބު ކުރައްވާފައިވާއިރު އެމަނިކުފާނާއެކު އެ އިންތިހާބުގައި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސްގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން، ނަޝީދު އެމްޑީޕީގެ ތެރޭގައި ހިންގަވަމުން އަންނަ "ފިކުރެއްގެ ދިރުން" ޓީމުން ވަނީ ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރަން ފަށައިފަ އެވެ. އެގޮތުން ފިކުރެއްގެ ދިރުމުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖޭޕީގެ މަޖިލިސް މެމްބަރުންނާއެކު މަސައްކަތް ކުރަން ވަނީީ ނިންމައިފަ އެވެ.