Advertisement

އެޗްޑީސީއިން ރޯދައަށް ގިނަ ތައްޔާރީތަކެއް

19 މާރިޗު 2023 - 10:40 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


އެޗްޑީސީއިން ރޯދައަށް ގިނަ ތައްޔާރީތަކެއް

19 މާރިޗު 2023 - 10:40 0

ބަރަކާތްތެރި ރޯދަ މަސް ފެށެން ގާތްވެފައިވާއިރު، ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް އަމާޒުކޮށް ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީއިން ބުނީ ރޯދައަށް ތަޔާރުވުމަށްޓަކައި ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ އެކި ކަންކަމަށް ވެސް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ވަނީ ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފަ އެވެ.

އަދި، އެ ޔުނިޓުގައި އެސްޓީއޯގެ އައު ފިހާރައެއް ވެސް މިހާރު ވަނީ ހުޅުވާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އޭގެ އިތުރުން ހަމަ އެ ސަރަހައްދަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވެސް އެ ކުންފުނިން މިހާރު އަންނަނީ ވަމުންނެވެ. އަދި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރު ކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.


އެޗްޑީސީން ބުނީ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ އިރު ރޯދަ ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްލެވޭނެ ކަމަށާއި ރޯދައަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް ވެސް އެ ކުންފިން ތައްޔާރުވެފައިވާއިރު، ހުކުރު ދުވަހު އެ ކުންފުންނާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް އެޗްޑީސީން ވަނީ ބާއްވާފަ އެވެ.

އެ ކުންފުނިން ބުނީ ރޯދަ މަސް ތެރޭގައި ވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އޮތީ ތައްޔާރަށެވެ. އޭގެ ތެރޭގައި ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށެވެ.

އެގޮތުން. ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތްވެސް އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާނެ އެވެ. އަދި، އޭގެ އިތުރަށް ރޯދައިގެ ތެރޭގައި ކުޑަކުދިންގެ ހަވީރުތައް ބޭއްވުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.