Advertisement

ހުޅުމާލެ ފޭސް ދޭއްގައި އެސްޓީއޯއިން ގާއިމުކުރި "ރޯދަ މާޓު" ހުޅުވައިފި

18 މާރިޗު 2023 - 10:30 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ހުޅުމާލެ ފޭސް ދޭއްގައި އެސްޓީއޯއިން ގާއިމުކުރި "ރޯދަ މާޓު" ހުޅުވައިފި

18 މާރިޗު 2023 - 10:30 0

ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހުޅުމާލެ ފޭސް ދޭއްގައި ރޯދަ މާޓުގެ ނަމުގައި ފިހާރައެއް ހުޅުވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރޯދަ މާޓު ހުޅުވާ ދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

މި ހުޅުވުނު ފިހާރައިން ރޯދަ މަހު ހުޅުމާލެ 2 ގަ އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ. މި ފިހާރައިގަވެސް ހަރުތައް އަމިއްލަ ވިޔަފާރިތަކަށް ވަނީ ދޫކުރެވިފަ. އަދި ހެދިކާ ހަދާ އަމިއްލަ ފަރާތްތަކަށް ވެސް ޖާގަ ދެވޭނެ. އެންމެނަށްވެސް ލުއިފަސޭހަ ރޯދަމަހަކަށް އެދެން،" ފިހާރަ ހުޅުވައިދެއްވުމަށްފަހު އަމްރު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ.

ވިނަރެސް ފްލެޓް ނުވައެއްގެ ތިރީގައި ހުޅުވި އެ ފިހާރައިގެ ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ވެސް ލިބޭ ގޮތަށް ހުޅުވާފައިވާ އެ ފިހާރައިން، އެސްޓީއޯ އިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އެސްޓީއޯއިން ރެކު ކުއްޔަށް ނަގައިގެން ވިޔަފާރި ކުރާ ފަރާތްތަކުން ވިއްކާ މުދާ ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން ރޯދަ މަހަށް ހާއްސަކޮށްގެން އެތެރެކުރާ ފިޔާ، އަލުވި، އަދި ބިސް ވެސް އެ ފިހާރައިން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.