Advertisement

ރީޖަނަލް އެއާޕޯޓްތަކަށް ބޭނުންވާ ސާމާނުގެ 80 ޕަސެންޓު ވަނީ ހަމަކުރެވިފައި: ރިޒްވީ

16 މާރިޗު 2023 - 19:22 0

ފަރެސް މާތޮޑާ އެއާޕޯޓު ހުޅުވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ -- ފޮޓޯ: ރައީސް އޮފީސް


ރީޖަނަލް އެއާޕޯޓްތަކަށް ބޭނުންވާ ސާމާނުގެ 80 ޕަސެންޓު ވަނީ ހަމަކުރެވިފައި: ރިޒްވީ

16 މާރިޗު 2023 - 19:22 0

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ހިންގާ އެއާޕޯޓްތަކަށް ބޭނުންވާ ޒަމާނީ ސާމާނުގެ 80 ޕަސެންޓު ހަމަކުރެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ރިޒްވީ ވިދާޅުވީ އާ ސާމާނާއެކު ސިވިލް އޭވިއޭޝަންގެ މިންގަނޑަށް އެއާޕޯޓުތައް ފެއްތުމުގެ މަސައްކަތް ކުރާ ކަމަށެވެ. މިހާރު އެއާޕޯޓުތަކަށް ހޯދާ ސްކޭން މެޝިނާއި ފަޔާ ސޫޓު އަދި އެހެން ސާމާނަކީ މުޅިން އާ ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަ ވަސީލަތް ބިނާކޮށް ކުރެވުނު މަސައްކަތުގެ ފައިދާ މުޅި ސިނާއަތަށް މިދަނީ ކުރަމުން. އަގުބޮޑުކޮށް ރާއްޖޭން ބޭރުން ހަދާ ޓްރޭނިން މިއަދު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ މި ކުންފުނިން އުފެެއްދި ސެޓިފައިޑް ޓްރޭނަރުންނާއެކު މި ދިވެހި ބިމުގައި، އަޅުގަނޑުމެންގެ އޭވިއޭޝަން އެކަޑެމީގައި،" އޭނާ ވިދާޅުވި އެވެ.

އަމިއްލަ ވަސީލަތް ބިނާކޮށް ކުރެވުނު މަސައްކަތުގެ ފައިދާ މުޅި ސިނާއަތަށް ކުރަމުން އަންނަ ކަމަށާއި ކުރިން އަގުބޮޑުކޮށް ރާއްޖޭން ބޭރުން ހަދާ ޓްރޭނިން މިއަދު ރާއްޖޭގައި ފުރިހަމަ ކުރެވެން އެބަ ހުރިކަން އޭނާ ފާހަގަ ކުރެއްވެވި އެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބައިގަރުނު ނުލިބުނު ތަރައްގީ ވޭތުވެދިޔަ ދެ އަހަރުން ގެނެސްދެވިފައިވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓާއެކު އުފެދުނު ވަޒީފާތަކުން 7 މިލިއަން ރުފިޔާ އާއިލާތަކާއި އަމިއްލަ ފަރާތްތަކަށް ވަންނާނެ ކަމަށާއި ވަޒީފާތަކާއި ގެސްޓުހައުސް އަދި މަސްވެރިކަމާ ދަނޑުވެރިކަމަށް ވެސް ދިރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޑްރޯމްތައް ހިންގުމާއި އެއާޕޯޓްގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ބެލެހެއްޓުމަށް އާރުއޭސީއެލް އުފެއްދެވީ ސެޕްޓެމްބަރު 30، 2020 ގަ އެވެ. މި ވަގުތު އެ ކުންފުނިން ބަލަހައްޓަނީ ހދ. ހަނިމާދޫ އެއާޕޯޓް، ހދ. ކުޅުދުއްފުށީ އެއާޕޯޓް، ށ، ފުނަދޫ އެއާޕޯޓް، ހއ. ހޯރަފުށީ އެއާޕޯޓް، ގދ. މާވަށު އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓެވެ. އިތުރަށް ބަލަހައްޓާނީ އަލަށް ހުޅުވި ފަރެސްމާތޮޑާ އެއާޕޯޓެވެ.