Advertisement

ދިރާގާއި މަމްސް އެއިޑު ގުޅިގެން ރޯދަ މަހު 100 އާއިލާއަކަށް އެހީވަނީ

21 މާރިޗު 2023 - 10:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިރާގާއި މަމްސް އެއިޑު ގުޅިގެން އާއިލާތަކަށް އެހީވުމަށް އެއްބަސްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދިރާގު


ދިރާގާއި މަމްސް އެއިޑު ގުޅިގެން ރޯދަ މަހު 100 އާއިލާއަކަށް އެހީވަނީ

21 މާރިޗު 2023 - 10:45 0

ދިރާގާއި މަމްސް އެއިޑް ގުޅިގެން މި އަހަރުގެ ރޯދަ މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފި އެވެ.

އެހީތެރިކަން ފޯރުކޮށްދޭނީ ރޯދަ މަހަށް ހާއްސަކޮށް މަމްސް އެއިޑުން އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބަލަހައްޓަމުންދާ މައިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މައިންނަށް އެހީތެރިވެދިނުމަށް ހިންގާ 'ރަމަޟާން އެއިޑް' ކެމްޕެއިނުގެ ދަށުންނެވެ.

ސަތޭކަ އާއިލާއަށް އެހީތެރިވެދިނުމަށް އެ ކެމްޕެއިނަށް އެހީތެރިވެދީފައި ވަނީ ދިރާގުގެ އިޖުތިމާއީ ފަރުދީ ޒިންމާގެ ދަށުން ކަމަށް ދިރާގުގެ އޮފިޝަލް ވިދާޅުވި އެވެ.

ދިރާގުގެ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ މި ބަރަކާތްތެރި ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި މައިންނަށް އެހީވުމުގެ ގޮތުން މަމްސް އެއިޑް އަށް އެއްބާރުލުންދީ އެކަމުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި މުހިންމު މަގުސަދުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަންހެނުން ބާރުވެރި ކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕުރޮގުރާމުގައި ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއް،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަމްސް އެއިޑުގެ ޕުރޮގުރާމު ޑިރެކްޓަރު ފާތިމަތު އުމްރާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ 'ރަމަޟާން އެއިޑް' ކެމްޕެއިނަށް ދިރާގުން ވެދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖުތައް އެހީއަށް ބޭނުންވެފައި ތިބި މައިންނަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަމަޟާން އެއިޑު ކެމްޕެއިނަކީ ރާއްޖޭގެ އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް ސަޕޯޓްކުރުމުގެ ގޮތުން މަމްސް އެއިޑްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. ރަމަޟާން މަހު ކުރިއަށްގެންދާ އެ ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

މަމްސް އެއިޑަކީ ހާއްސަކޮށް މަންމައިން ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެކެވެ.