Advertisement

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕާ މާކެޓު ކޮންސެޕްޓަށް އެއް އަހަރު

17 މާރިޗު 2023 - 15:48 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕާ މާކެޓު ކޮންސެޕްޓަށް އެއް އަހަރު

17 މާރިޗު 2023 - 15:48 0

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕާ މާކެޓު ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެ ކުންފުނިން ފާހަގަކޮށްފި އެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައް ގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭ ގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މާޗު 15، 2022 ގަ އެވެ.

އެސްޓީއޯގެ އެ ކާމިޔާބު ކޮންސެޕްޓާ އެކު ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވު މާއެކު އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެސްޓިއޯ އިން ބުނި ކެއިން ބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރު ކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، އަމިއްލަ އުފެއްދުންތައް ޕްރޮމޯޓު ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތަށް ދަނީ ވެވެމުން ކަމަށެވެ.


އެސްޓީއޯ އިން ބުނީ އުންމީދަކީ ދިވެހި އަމިއްލަ އުފެއްދުތެރިކަމަށް ވެސް ކާމިޔާބު ފުރުސަތުތަކެއް ތަނަވަސް ކޮއްދިނުން ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕާ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، މާޗު 15 ގައި ކުރި ކޮންމެ 500ރ. ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރި އެވެ. އަދި، ގުރުއަތުން ހަތަރު މީހަކު ހޮވައި 5،000ރ. ގެ ގިފްޓު ވައުޗަރު ދޭނެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރަމް އަދި ފޭސްބުކްގައި ޝެއަރ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާ އެކު ކުރިއަށްގެންގޮސްފައިވެ އެވެ. އަދި، މިހާރު ކުރިޔަށްދާ ރަމަޟާން ބާޒާރުގެ އިތުރުން މާޗު 16 އިން 22 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ.

އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި، ރެންޑަމްކޮށް 10 ކަސްޓަމަރަކަށް އަގުހުރި އިނާމުތަކެއް ވެސް ދީފައިވެ އެވެ.