Advertisement

ޕޯޗުގަލް އާއި ސްޕެއިނާ ގުޅިގެން މޮރޮކޯ ވޯލްޑް ކަޕަށް ބިޑުކުރަނީ

15 މާރިޗު 2023 - 11:20 0

މޮރޮކޯގެ ޔޫސެފް އެންނެސީރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޕޯޗުގަލް އާއި ސްޕެއިނާ ގުޅިގެން މޮރޮކޯ ވޯލްޑް ކަޕަށް ބިޑުކުރަނީ

15 މާރިޗު 2023 - 11:20 0

ރާބަތު (މާޗު 15) - ޕޯޗުގަލް އާއި ސްޕެއިންއާ ގުޅިގެން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑުކުރުމަށް ނިންމާފައިވާ ކަމަށް މޮރޮކޯ އިން ބުނެފި އެވެ.

ޕޯޗުގަލް އާއި ސްޕެއިންއާ އެކު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ބިޑުކުރަން އުޅުނީ ޔޫކްރޭނެވެ. އެކަމަކު، ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމާއާ ގުޅިގެން، ޔޫކްރޭނަށް މުބާރާތް ބޭއްވިދާނެ ކަމާމެދު ވަނީ ސުވާލުއެދިފަ އެވެ. އަދި ސްޕެއިން އާއި ޕޯޗުގަލްގެ ބިޑްގައި މޮޮރޮކޯ ބައިވެރިވާން ނިންމުމާ އެކު، ޔޫކްރޭންގެ ބިޑަށް އަދި ވާނެގޮތެއް ސާފެއް ނޫނެވެ.

"ސްޕެއިން އާޢި ޕޯޗުގަލްއާ ގުޅިގެން މޮރޮކޯ އިން ވޯލްޑް ކަޕަށް ބިޑުކުރަން ނިންމާފައިވާކަން އިއުލާންކުރަން،" މޮރޮކޯގެ ރަސްގެފާނު ވިދާޅުވި އެވެ.

"މިއީ ތާރީހީ ބިޑެއް."

ވޯލްޑް ކަޕް 2030 ވަނަ އަހަރު ބޭއްވުމަށް އާޖެންޓީނާ، ޗިލީ، އުރުގުއޭ އަދި ޕެރަގުއޭ އިން ވެސް ވަނީ ޖޮއިންޓް ބިޑެއް ހުަށަހަޅައިފަ އެވެ. އަދި އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕް ހިމެނޭ ބިޑެއް ގޮތަށް، ސައުދީ އަރަބިއްޔާ އާއި ގްރީސް އަދި މިސްރުން ވެސް ޖޮއިންޓް ބިޑެއް ކުރަން އޮތީ ތައްޔާރުވެފަ އެވެ.

މޮރޮކޯ އިން 2010 ވަނަ އަހަރުގެ ވޯލްޑް ބޭއްވުމަށް ބިޑްކުރިއެވެ. އެކަމަކު، ބިޑް ކާމިޔާބުކުރީ ދެކުނު އެފްރިކާ އިންނެވެ.

މޮރޮކޯ އަކީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ އެންމެ ހައިރާންކުރަނިވި ޓީމެވެ. މުބާރާތުގެ ގަދަ ހަތަރެއްގެ ޖާގަ މޮރޮކޯ އިން ހޯދިއިރު، މިއީ އެފްރިކާގެ ގައުމަކަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.