Advertisement

ކޮލަމާފުށީ ޕްރިންޓުކުރާތަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

14 މާރިޗު 2023 - 14:33 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފުލުހުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ރައްޔިތުންނާ ގުޅިގެން ކުރިއަށް ގެންދާކަމަށް..


ކޮލަމާފުށީ ޕްރިންޓުކުރާތަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

14 މާރިޗު 2023 - 14:33 0

ގއ. ކޮލަމާފުށީގައި ހުންނަ ޕްރިންޓުކުރާ ތަނެއްގައި މިއަދު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ކޮލަމާފުށީގައި ޕްރިންޓުކުރުމަށް ބޭނުންކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ފުލުހުންނާއި ރައްޔިތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ މީހުން ދިރިއުޅޭ ގެއެއްގައި ހުންނަ ޕްރިންޓުކުރާ ތަނެއްގައެވެ.

އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މިނޫހުން ކޮލަމާފުށީ ކައުންސިލަށް ގުޅި ނަމަވެސް ފޯނަށް ޖަވާބުދީފައެއް ނުވެ އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެެވެ.

ކޮލަމާފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާރު، އަތޮޅު ތެރޭގައި މިފަދަ ހާދިސާތައް ހިނގުން މަދެވެ. އެންމެ ފަހުން އަލިފާނުގެ ބޮޑު ހާދިސާއެއް ގދ. ފިޔޯރީ ސްކޫލުގަ އެވެ. އެ ހާދިސާގައި އެ ސްކޫލުގެ ބާ އިމާރާތް އެއްކޮށް އަނދާ ހުލިިވި އެވެ.

މި ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.