Advertisement

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން 3 ރަށެއްގައި ހިންގި ޕްރޮޖެކްޓުތައް ނިންމާލައިފި

14 މާރިޗު 2023 - 10:15 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ލ. މުންޑޫގެ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއް.


ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން 3 ރަށެއްގައި ހިންގި ޕްރޮޖެކްޓުތައް ނިންމާލައިފި

14 މާރިޗު 2023 - 10:15 0

ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ތިން ރަށެއްގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްޜޮޖެކްޓްތައް ނިންމާފައި ވަނީ ދ. ހުޅުދެލި, ލ. މުންޑޫގެ އިތުރުން ލ. ފޮނަދޫ ގަ އެވެ.

ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުދެލީގައި ވަނީ މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށްފަ އެވެ. އަދި މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކުރެވިފައިވާ ތަނެއް ކަމަަށް ބީއެމްއެލް އިން ބުންޏެވެ.

މިތަން ފަރުމާކޮށްފައިވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް ބޭނުންކުރެވޭނެ ގޮތަށެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯޓްސް އެސޯސިއޭޝަން އިންނެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ލ. މުންޑޫގެ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.

މިތަނުގައިވަނީ ހަޓެއް ހަދައި ލަކުޑި ބެންޗުތައް ބަހައްޓާފަ އެވެ. މިއީ ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ފަރުމާކޮށްފައިވާ ތަނެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި މި ޕްރޮޖެކްޓް ހިންގާފައިވަނީ އެ ރަށު ޒުވާނުންގެ ޖަމިއްޔާ އިންނެެވެ.

އޭގެ އިތުރުން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ލ. ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ކްލާސްރޫމެއް ޑިޖިޓައިޒްކުރުމުގެ ގޮތުންވަނީ ޓީވީ ބަހައްޓާފަ އެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ވިމެން އެންހޭންސްމަންޓްގެ ފަރާތުންނެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް އެ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.