Advertisement

ޕޯސްޓުން ރާއްޖެއަށް އެތެރެކުރި 120 ގްރާމްގެ ކެނަބިސް އަތުލައިގެންފި

13 މާރިޗު 2023 - 15:38 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް 120 ގްރާމްގެ ކެނަބިސް ވަނީ އެތެރެކޮށްފައި. ފޮޓޯ/ އަދަދު


ޕޯސްޓުން ރާއްޖެއަށް އެތެރެކުރި 120 ގްރާމްގެ ކެނަބިސް އަތުލައިގެންފި

13 މާރިޗު 2023 - 15:38 0

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި 120 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ޕޯސްޓުގެ ޒަރީއްޔާއިން އެތެރެކުރި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ގެނައި ޕެކޭޖްތައް އެކްސްރޭކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ހިކިފަތްތަކެއް ފެނިގެން ކަަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ ޕެކޭޖުތަކަކީ އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށެވެ.

އެގޮތުން އެތަކެތި ޓެސްޓު ކުރުމުގެ ފުރަތަމަ މަރުހަލާގައި ކަސްޓަމަސް އިން މިތަކެތި ތަހުލީލުކުރި އިރު، އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވްވެފަ އެވެ.

އެ މަސްތުވާތަކެތީގެ ބަރުދަނުގައި 120 ގްރާމް ހުރިއިރު، މިތަކެތީގެ އަގު 96،000 ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

ޕޯސްޓުން އެތެރެކުރި ކެނަބިސް އަތުލައިގެންފައިވާއިރު، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ޕޯސްޓުން ރާއްޖެ އެތެރެކުރި 520 ގްރާމްގެ މެޑެފްރޯން ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ އިނގިރޭސި ވިލާތުންނެވެ.