Advertisement

ބެންޒެމާ އާއި ޑެޝޯމްޕްސްގެ ކޯޅުމަށް ނިމުމެއް ނެތް

13 މާރިޗު 2023 - 18:17 0


ބެންޒެމާ އާއި ޑެޝޯމްޕްސްގެ ކޯޅުމަށް ނިމުމެއް ނެތް

13 މާރިޗު 2023 - 18:17 0

ޕެރިސް (މާޗު 13) - ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަކީ "ދޮގުވެރިއެއް" ކަމަށް ބުނެ، ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ ވަރުގަދަ ބަހުގެ ހަަމަލާއެއް ޑެޝޯމްޕްސް އަށް އަމާޒުކޮށްފި އެވެ.

މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސްކޮޑުން ބެންޒެމާ ފަހު ވަގުތު ބާކީކުރީ އޭނާ މުބާރާތަށް ފިޓުނުވާނެ ކަމަށް އަމިއްލަ އަށް ބުނުމުން ކަމަށް ޑެޝޯމްޕްސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ބުނެފަ އެވެ. ވޯލްޑް ކަޕް ގާތްވެފައި ވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ބެންޒަމާ ވަނީ ފްރާންސްގެ ސްކޮޑުން ވަކިވެ، ކޭމްޕް ދޫކޮށް ގޮސްފަ އެވެ.

"އެމްއާރްއައި ހެދުމަށް ފަހު ބެންޒެމާ (ރެއާލް) މެޑްރިޑްގެ ޑޮކްޓަރެއްގެ ލަފާ ވެސް ހޯދި. އަހަންނާ ބެންޒެމާ ބައްދަލުކުރީ (ފްރާންސް ޓީމުގެ) ޑޮކްޓަރާ އެކު. ބެންޒެމާ އަމިއްލަ އަށް ބުނި ވޯލްޑް ކަޕްގައި ނުކުޅެވޭނެ ވާހަކަ. އަހަރެން ބުނިން ޓީމު މެނޭޖަރާ ވާހަކަދައްކައިގެން (ކޭމްޕް އިން ބޭރުވުމުގެ) ކަންތައްތައް ހަމަޖައްސާށޭ. އެކަމަކު، އަހަރެން އަނެއް ދުވަހު ހޭލިއިރު ބެންޒެމާއެއް ނެތް. އެއީ އޭނާގެ ނިންމުމެއް. ބެންޒެމާ ވެސް މި ވާހަކަ އެހެން ގޮތަކަށް ކިޔައިނުދޭނެ،" ޑެޝޯމްޕްސް ބުންޏެވެ.

ބެންޒެމާ ވަނީ ރެއާލް މެޑްރިޑްގެ ޓްރެއިނިންތަކަށް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ނުކުންނަން ފަށައިފަ އެވެ. އެއީ ވޯލްޑް ކަޕްގައި މޮޮރޮކޯއާ ދެކޮޅަށް ފްރާންސް ކުޅުނު ސެމީ ފައިނަލް މެޗުގެ ހަތަރު ދުވަސް ކުރިންނެވެ،

މިިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދި ބެންޒެމާ ،35، ވަނީ ޑެޝޯމްޕްސްގެ އިންޓަވިއުގެ ސްކްރީން ޝޮޓްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ޑެޝޯމްޕްސް އަކީ "ދޮގުވެރިއެއް"ގެ ގޮތުގައި ސިފަވާ ގޮތަށް ޕޯސްޓްތަކެއްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް ކުޅުނު ދުވަހާ ޖެހިގެންއައި ދުވަހު ބެންޒެމާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިނަމާފައިވާކަން އިއުލާންކޮށްފަ އެވެ.

ވޯލްޑް ކަޕްގެ ކޭމްޕުން ބެންޒެމާ އެހާ އަވަހަށް ނުކުތުމާ ގުޅިގެން، ޑެޝޯމްޕްސްގެ އިތުރުން ޓީމުގެ ބައެއް ކުޅުންތެރިންނާ ބެންޒެމާއާ މައްސަލަ ޖެހިފައިވާ ކަމަށް ވެސް އަޑު ފެތުރުނެވެ.

ބެންޒެމާ އާއި ޑެޝޯމްޕްސްއާ ދެމެދު މީގެ ކުރިން ވެސް ވަނީ މައްސަލަތަކެއް ޖެހިައެވެ. އަލްޖީރިއާގެ ދަރިކޮޅަށް ނިސްބަތްވާ ބެންޒެމާ އަށް ފްރާންސް ޓީމުން ފުރުސަތު ނުލިބެނީ ޑެޝޯމްސް އަކީ "ރޭސިސްޓް" އަކަށް ވާތީ ކަމަށް ބެންޒެމާ ވަނީ ކުރިން ބުނެފަ އެވެ.