Advertisement

ހުލާސާކޮށް އިއްޔެ: އަރަބިއްޔާ ސްކޫލު އެހެން އިމާރާތަކަށް ބަދަލުކުރަން މަޝްވަރާކުރަނީ

13 މާރިޗު 2023 - 06:50 0

އަރަބިއްޔާ ސްކޫލް މިހާރު ހިންގާ އިމާރާތް. -- ފޮޓޯ އަދަދު


ހުލާސާކޮށް އިއްޔެ: އަރަބިއްޔާ ސްކޫލު އެހެން އިމާރާތަކަށް ބަދަލުކުރަން މަޝްވަރާކުރަނީ

13 މާރިޗު 2023 - 06:50 0

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތަށް އެ ސްކޫލުގެ ކިޔެވުން ބަދަލު ކުރުމުން، މިހާރު ބޭނުންކުރާ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުކުރަން މަޝްވަރާ ފަށައިފި އެވެ.

ދަރުމަވަންތަ ސްކޫލުގެ މިހާރު ހިންގަނީ އެ ސްކޫލު ހިންގުމަށް މެދުޒިޔާރަތް މަގުގައި ވަގުތީ ގޮތުން އެޅި އިމާރާތެއްގަ އެވެ.

އެ ސްކޫލުގެ އާއިމާރާތް ހަދަމުން ދަނީ ބޮޑުތަކުރުފާނުގަ އެވެ. އިމާރާތް ނިންމުމުގެ އެންމެ ފަހު މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ޗާންދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލައި، އެ އިމާރާތް ބޭނުން ނުކުރެވޭ ވަރުވުމުން، ސްކޫލު ވަގުތީ ގޮތުން ބަދަލުކޮށްފައި ވަނީ ކުރިން ފޮރިން މިނިސްޓްްރީ ހިންގި އިމާރާތުގަ އެވެ.

އެމްޓީސީސީގެ ފެރީ ޓާމިނަލާ ޖެހިގެން ބޮޑު ތަކުރުފާނު މަގުގައި ހުރި އެ އިމާރާތަކީ ޖާގައިގެ ގޮތުން ދަތިތަނަކަށް ވެފައި، އަދި ވެސް އެ އިމާރާތުގައި ފޮރިން މިނިސްޓްރީގެ ބައެއް ހިންގަމުންދާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުހިންމު ބައެއް ހަބަރު

  • އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާނުކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރު ދިވެހި ސަރުކާރަށާއި އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އޭނާ ފާޑުވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ދާހިލާ ކަންކަމާ ބެހޭ ކަމަށް ބުނެ އެވެ.
  • ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
  • ދައުލަތުގެ އޮފީސްތަކުގެ ހަރަދުތަކަށް ކްރެޑިޓް ކާޑު ބޭނުންކުރެވޭނެ ގޮތް ހަދައި، އެކަމުގައި އަމަލުކުރަންޖެހޭ އުސޫލެއް އާންމުކޮށްފި އެވެ.
  • އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ފުވައްމުލަކުގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަވާލުކޮށްފައިވާ މަގުތަކުގައި ތާރު އަޅާ ނިމޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
  • ފުވައްމުލައް ސިޓީގައި ހުރި ގިނަ އާސާާރުތައް ނުބެލެހެއްޓުމުގެ ސަބަބުން ނެތިދިއުމުގެ ބިރު ބޮޑުވެއްޖެ އެވެ.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލ. ކައްދޫއަށް ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެމެޖެންސީގައި ލޭންޑްކުރި އެވެ.

ދުވަހުގެ ކޯޓޭޝަން

ފުވައްމުލައް ސިޓީގައި ހުރި ގިނަ އާސާާރުތައް ނުބެލެހެއްޓުމުގެ ސަބަބުން ނެތިދިއުމުގެ ބިރު އޮތް ކަމަށް އެ ސިޓީގެ މޭޔަރު އިސްލާއީލް ރަފީގު ވިދާޅުވި އެވެ. ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ

މިސާލަކަށް ގެން މިސްކިތް. އަސްލު ގެއްލޭގޮތަށް ހުރީ ބައެއް އެކްސްޓެންޝަން ހަދާފައި، ދަގަނޑު ޖަހައިގެން. އަޅުގަނޑުމެން އައި ފަހުން އެތަންތަން ރޫޅާފަ، ތަންކޮޅެއް އަސްލާ އެއްގޮތަށް ހުންނާނެ ބަދަލުކޮށްފައި،"

ދުވަހުގެ ފޮޓޯ

ފުވައްމުލައް ސިޓީގައި ބަޔަކު ސައިކަލް ދުއްވާފައި ދަނީ. އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ. -- ފޮޓޯ: މިރާން ނާޝިމް/އަދަދު