Advertisement

ރިޔާސީ ރޭހަށް ނުކުންނަވައި މުނައްވަރުގެ ފާޑުކިޔުން ސަރުކާރާއި އިންޑިއާއަށް

12 މާރިޗު 2023 - 19:23 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މުނައްވަރު ވަނީ އިންޑިއާއިން ރާއްޖޭގެ ދާހިލީކަންކަމަށް އަތްބާނާކަމުގެ ތުހުމަތުކޮށް ފާޑުވިދާޅުވެފަ -- ފޮޓޯ: އަދަދު


ރިޔާސީ ރޭހަށް ނުކުންނަވައި މުނައްވަރުގެ ފާޑުކިޔުން ސަރުކާރާއި އިންޑިއާއަށް

12 މާރިޗު 2023 - 19:23 0

އަވަށްޓެރި އިންޑިއާއާއެކު މި ސަރުކާރުން ބާއްވާ ގުޅުމަށް ފާޑުވިދާޅުވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާނުކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރު ހަމަލާތަކެއް ރައްދު ކުރައްވައިފި އެވެ.

ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާކަން ހާމަކުރައްވަން މިއަދު މުނައްވަރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އިންޑިއާއާ މެދު އޮތީ އެންމެ މައްސަލައެއް ކަމަށާއި، އެއީ އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުން ކަމަށެވެ.

"އަޅުގަނޑުމެން އިންޑިއާއާ މެދު އޮތީ އެންމެ މައްސަލައެއް. އެއީ އަޅުގަނޑުމެންގެ ކަރުތެރެއަށް އަތްބާނަން ނުހަދާށޭ. މާނައަކީ އަޅުގަނޑުމެންގެ ދާހިލީ ކަންތައްތައް، އަޅުގަނޑުމެންގެ ގައުމުގެ ކަންތައްތައް ނިންމުމުގަ ނުބެހޭށޭ، އިރު އިރުކޮޅާ ވަޒީރުން ހައިކޮމިޝަނަށް ހާޒިރުކޮށްގެން ތިޔަ ކުރާ ކަންތައް ހުއްޓާލާށޭ," މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ އިންޑިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރިން އަދި އިންވެސްޓަރުން ރާއްޖެ އައުމާ އެއްވެސް ވަރަކަށް ދެކޮޅު ނުހައްދަވާ ކަމަށާއި، އެ ފަރާތްތަކުން ރާއްޖެއަށް ގިނައިން އައުމަކީ އެދޭ ގޮތް ކަމަށެވެ.

"ޑިޕްލޮމެޓިކް ޗެނަލްތަކުގެ ތެރެއިން އޮންނަ ގޮތަށް ހައިކޮމިޝަނުން ފޮރިން އެފެއާޒަށް ލިއެގެން، ގުޅައިގެން އެކުރަން ޖެހޭ ކަންތައް އެމީހުން ކުރަންވީ. ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އެމްބަސީތަކުން އަމަލުކުރަން ޖެހޭ މިންގަނޑުތަކެއް ހުންނާނެ," ޑރ. މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އިންޑިއާ އައުޓު ކެމްޕޭނު ފަށައި ބެނާތައް ދަމަން ފެށުމުން އެކަމާ ދެކޮޅަށް ގާނޫނުތައް ފާސްކުރި ކަމަށާއި، އެކަމުން ވެސް އެނގެނީ، އިންޑިއާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ދެއްކުމާ މެދު ސަރުކާރުން ދެކޮޅުހަދާ މިންވަރު ކަމަށެވެ.

މުނައްވަރަކީ މީގެ އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖޭގެ ބަންޑާރަ ނައިބުގެ މަގާމު ވެސް ފުރުއްވެވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި މުނައްވަރު ވާދަކުރެއްވުމަށް އިއުލާނުކުރައްވާފައި ވަނީ އަމިއްލަ ގޮތުންނެވެ.